17ޓްރެކްގައި ލިސްޓް ކުރެވުނު ފުރުތަމަ ދިވެހި ބްރޭންޑްއަކަށް ރެޑްބޮކްސް

ރާއްޖޭގައި ފުޅާދާއިރާއެއްގައި ޑެލިވަރީގެ ޙިދުމަތް ދެމުންއަންނަ ރެޑްބޮކްސް ކުންފުނި ދުނިޔޭގެ އެންމެ ބޮޑު ޕެކޭޖް ޓްރެކިންގ ޕްލެޓްފޯރމް ކަމުގައިވާ 17ޓްރެކްގައި ލިސްޓް ކޮއްފިއެވެ. 17ޓްރެކްއަކީ ދުނިޔޭގެ ބޮޑެތި ކޫރިއަރ ބްރޭންޑްތަކުގެ އިތުރުން ޕޯސްޓަލް ނެޓްވޯރކްތަށް މެދުވެރިކޮށް ފޮނުވާ ޕެކޭޖް ނުވަތަ ޕާރުސަލް އެއްޕްލެޓްފޯރމް އަކުން ޓްރެކް ކުރުމަށް ގާއިމްކޮށްފައިވާ ޙިދުމަތެކެވެ.

photo6231012105360878765

އިޝްތިހާރު Below Header ad

17ޓްރެކްގައި ލިސްޓް ކުރެވުމާއިއެކު ރެޑްބޮކްސްގެ ޙިދުމަތްތަށް ހޯއްދަވާ ކަސްޓަމަރުންނަށް ދުނިޔޭގެ ކޮންމެ ތަނަކުންވެސް އެކަސްޓަމަރެއްގެ ޕެކޭޖް ނުވަތަ ޕާރުސަލް ޓްރެކް ކުރެވިގެންދާނެއެވެ. ރެޑްބޮކްސްގެ ޙިދުމަތްތައް ބައިންލްއަޤުވާމީ ފެންވަރެއްގައި ފުޅާކުރެވި ސްރީ ލަންކާ، ޗައިނާ، މެލޭޝިޔާ އަދި އެމެރިކާއިގައި އޮފީސްތައް ހުޅުވައި އަންނަނީ ޙިދުމަތް ފޯރުކޮއްދެމުންނެވެ.

photo6231012105360878768

ރެޑްބޮކްސްއަކީ ދިވެހިރާއްޖެއަށް ނިސްބަތްވާ އެންމެ ފުރަތަމަ ކޫރިއަރ ބްރޭންޑްއެވެ. ރެޑްބޮކްސްގެ ސީ.އޯ.އޯ ހުސައިން ޝާހިދު ވިދާޅުވިގޮތުގައި މިޙިދުމަތް ތަޢާރަފް ކުރެވުމާއިއެކު ރެޑްބޮކްސްގެ އިތުރު ފްރޭންޗައިސްތައް ހުޅުވުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. މިގޮތުން އިންޑިޔާ، ޔޫ.އޭ.އީ، ފިލިޕީންސް، ތައިލޭންޑް އަދި ކޮރެއާގައި ފްރެންޗައިސް އޮފީސްތައް ހުޅުވައި ޙިދުމަތް އިތުރަށް ފުޅާކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ރެޑްބޮކްސްއަކީ 2015ވަނަ އަހަރުން ފެށިގެން ފުޅާދާއިރާއެއްގައި ކޫރިއަރ ޙިދުމަތް ދެމުން އަންނަ ކުންފުންޔެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.