ޔޫރޯ 2020: (ގުރޫޕް އޭ) އިޓަލީ – ވޭލްސް

ޔޫރޯ 2020 ގެ ގްރޫޕް އޭ ގެ އެންމެ ފަހު މެޗުގައި ވޭލްސް އާއި އިޓަލީ މިރޭ ބައްދަލުކުރާނެއެވެ. ގުރޫޕް ސްޓޭޖުގެ ފަހުމެޗަށް މިރޭ ވޭލްސްއާއި އިޓަލީ ނިކުންނައިރު، އިޓަލީ ވަނީ ގުރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެހެން ނަމަވެސް މިރޭގެ މި މެޗުން މޮޅުވެގެން ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އިޓަލީއަށް އޮންނާނެއެވެ. ވޭލްސްއަށް ބަލާއިރު އެޓީމަށް މިރޭގެ މެޗުން މޮޅުވެގެން ނުވަތަ މެޗު އެއްވަރުކޮށްލައިގެންވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު އެބައޮތެވެ.

މި ގްރޫޕްގެ މިހާރުގެ ހާލަތަށް ބަލާއިރު، މި ގުރޫޕުގެ އެއްވަނައިގައި އިޓަލީ އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ވޭލްސްއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ސްވިޓްޒަލެންޑް އޮތީ ދެ މެޗުން ލިބުނު އެއް ޕޮއިންޓާއެކުއެވެ. އަދި ފުލުގައި އޮތް ތުރުކީއަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނެތެވެ.

އިޝްތިހާރު Below Header ad

ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ދެވަނަ ބުރަށް ދަތުރުކުރާއިރު، ދެވަނަ ބުރުގެ ޖާގައެއް ދެން ލިބޭނީ ތިންވަނައިގައި ނިންމާ ހަ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ހަތަރު ޓީމަށެވެ.

އިޓަލީ އަދި ވޭލްސްގެ ތާރީކީ ކުރިމަތިލުންތައް

އިޓަލީ އަދި ވޭލްސް މީގެ ކުރިން 9 ފަހަރު ވަނީ ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން 7 ފަހަރު އިޓަލީ މޮޅުވެފައިވާއިރު، ވޭލްސް މޮޅުވެފައިވަނީ ދެފަހަރު އެވެ.

ދެ ޓީމުގެ އެންމެ ފަހު ފަސް މެޗުގައި ނެރެފައިވާ ނަތީޖާތައް

އިޓަލީން ވަނީ އެޓީމު އެންމެ ފަހުން ކުޅުނު ފަސްމެޗުންވެސް މޮޅުވެފައެވެ.

ވޭލްސްއަށް ބަލާއިރު އެޓީމުން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ ދެމެޗުންނެވެ. ދެ މެޗުން އެއްވަރުވިއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.