ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު: މިނިސްޓަރ އަމީރު

ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ކައުންސިލަރުން ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރި ކުރުވުމުގެ ތަމްރީނު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނެވެ.

އިޝްތިހާރު Below Header ad

ފިނޭންސް މިނިސްޓަރ ވިދާޅުވީ 2011 ވަނަ އަހަރު ލާމަރުކަޒީ ނިޒާމު ވުޖޫދުވެގެން އައިސް 10 ވަނަ އަހަރާ ކުރިމަތިލީ އިރު، މި ނިޒާމުގެ ދަށުން ފުރިހަމަ ނުވެ އޮތް އެންމެ މުހިއްމު ކަންތައް މިވަނީ ފުރިހަމަވެފައި ކަމަށާއި އެއީ މާލީ ގޮތުން ލާމަރުކަޒު ކުރެވިގެން ދިޔުން ކަމަށެވެ.

“ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިންކައުންސިލްތަކަށް ދިނުމާއި، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ވާ ތަންތަން ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ މަގު ފަހިވެގެން ދިޔުމާއި ކައުންސިލްތަކުގެ ބަޖެޓް ގްރާންޓްގެ ގޮތުގައި ދޭން މި ސަރުކާރުން ނިންމި ނިންމުމަކީ ހަމަ ޤައިމުވެސް ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް.” މިނިސްޓަރ އަމީރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މި ސަރުކާރުން މި އަންނަނީ މި ނޫންވެސް އިތުރު މުހިއްމު ބަދަލުތަކެއް ގެންނަމުން ކަމަށެވެ. އެގޮތުން ކައުންސިލަރުންގެ މުސާރަ އަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށާއި ރަނގަޅު މުސާރައާއެކު ކޮންމެ ކައުންސިލަކަށްވެސް ސެކްރެޓަރީ ޖެނެރަލެއް ލުމަކީ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ މިގެނައި ކޮންމެ ބަދަލަކީ ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް އިތުރަށް ޚަރަދުވެގެން ދިޔަ ކަމެއްކަމުގައިވިއަސް މިކަން ކުރަން ބޭނުންވާ ސަބަބަކީ ރައްޔިތުން އެދޭ ފަދަ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ތަނަކަށް ކައުންސިލްތައް ވެގެން ދިޔުން ކަމަށެވެ.

ކަންކަން ކުރެވޭ ޤާބިލް ބަޔަކު ކައުންސިލްތަކުގައި ތިބުމަކީ ލާމަރުކަޒީ ނިޒާމެއްގެ ހަގީގީ ބޭނުން ރައްޔިތުންނަށް ހާސިލުކޮށްދިނުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.