ޔޫރޯ 2020: ޕޯޗުގަލް ނުކަޓާނެ، ރޮނާލްޑޯގެ ތަފާތު ވެސް އަދި ފެންނާނެ: ސަންޓޯސް

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޕޯޗުގަލް ނުކަޓާނެ ކަމަށާއި، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ތަފާތު އަދި ފެންނާނެ ކަމަށް އެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.

ކުޅުނު ދެ މެޗުގެ ތެރެއިން އެއްމެޗުން ބަލިވެ ޕޯޗުގަލް މި ވަގުތު އޮތީ ގްރޫޕް އެފްގެ ތިން ވަނައިގަ އެވެ. އެ ގްރޫޕްގެ އެއް ވަނައިގައި މި ވަގުތު ފްރާންސް  އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރަން އަންނަ ބުދަދުވަހުގެރޭ ގުރޫޕުގެ ފަހު މެޗުގައި ފްރާންސްއާއި ދެކޮޅަށް ޕޯޗުގަލް ނިކުންނައިރު މި މެޗުން މޮޅެއް އެޓީމަށް ބޭނުންވެއެވެ.

އިޝްތިހާރު Below Header ad

ފްރާންސްއާއި ދެކޮޅަށް ކުޅޭ މި މެޗުން ޕޯޗުގަލް ބަލިވެއްޖެނަމަ އެ ޓީމު ޖެހޭނީ އެންމެ ރަނގަޅު ނަތީޖާ ނެެރޭ ތިން ވަނަ އަށްދާ ޓީމުގެ ތެރޭގައި ހިމެނިގެން ދެ ވަނަ ބުރުގެ ޖާގައެއް ހޯދާށެވެ.

ޕޯޗުގަލް އެންމެ ފަހުން ޖަރުމަނާއި ދެކޮޅަށް ރޭ ކުޅުނު މެޗުގައި ރޮނާލްޑޯ ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. އެގޮތުން މި މެޗުގައި އޭނާ ވަނީ ގޯލެއް ޖެހުމުގެ އިތުރުން ދެވަނަ ގޯލެއް ޖަހަން އެހީތެރިވެދީފައިވެއެވެ. ސަންޓޯސް ބުނީ ފްރާންސްއާއި ދެކޮޅަށް ގުރޫޕުގައި ކުޅޭ ފަހު މެޗުގައި ރޮނާލްޑޯގެ މޮޅުކުޅުމާ އެކު މޮޅުވެ ގަދަ 16 އަށް ދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

“ރޮނާލްޑޯ އަކީ އާދައިގެ ކުޅުންތެރިއެއް ނޫން، އޭނާގެ މޮޅު ކުޅުމާއި އެކު ފްރާންސް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް ދެވޭނެ ކަމުގެ އުންމީދު ބޮޑު.” ސަންޓޯސް ބުންޏެވެ.

ސަންޓޯސް ބުނީ ޕޯޗުގަލް ކުޅޭނީ މާރީތި ކުޅުމެއް ދައްކަން ނޫން ކަމަށާއި ކުޅޭނީ މޮޅުވަން ކަމަށެވެ. އެކަން ހާސިލް ކުރެވޭނެ ކަމަށްވެސް ސަންޓޯސް ބުނެޏެވެ.

“ބޭނުމީ ނަތީޖާ ނެރެން، ހަޑި ކުޅުމެއް ކުޅެގެން ވެސް ނަތީޖާ ނެރެން ބޭނުމީ. ރީތި ކުޅުމެއް ދައްކައިގެން ނަތީޖާ ނުނެރެވި ކަޓާކަށް ބޭނުމެއް ނޫން،” ސަންޓޯސް ބުންޏެވެ.

ޕޯޗުގަލާއި ފްރާންސް ކުޅޭ މެޗު އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުގެރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ. މި ދެ ޓީމު މިހާތަނަށް 27 ފަހަރު ބައްދަލުކޮށްފައިވާއިރު، އޭގެތެރެއިން 18 ފަހަރު ފްރާންސް މޮޅުވެފައިވެއެވެ. ޕޯޗުގަލް މޮޅުވެވިފައިވަނީ އެންމެ 6 ފަހަރުއެވެ. ތިން މެޗު ވަނީ އެއްވަރުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.