ކުރު ވާހަކަ “ޔަލީނާ” (6)

“އާނނ ދަރިފުޅާ.. މަންމަވަކިވެ ދިޔައީމަ ބައްޕައަށް މިހާރު އިހުސާސްވޭ މަންމަ ހުރިއިރު އެކޮށްދިންހާ ކަންކަން..އެކަމުގެ އަގު މިއަދު ވަޒަންކުރިއަސް ވާނެ ފައިދާއެއްނެތް. ތިއިން ކޮންމެ ކުއްޖެއް ފެނުނަސް މަންމަ މަތިން ހަދާންވޭ..މަންމަ ދޫކޮށްފައި ދިޔަމަންމަގެ ނިޝާންތީ…”

ހަމަހިމޭން ކަމުގެ ވަގުތު ކޮޅެއް މުޅި ތަނަށް ވެރިވި ކަހަލަ އެވެ. ޔަލީނާވެސް އެއްޗެކޭ ނުބުނެ މަޑުކޮށްލިއެވެ. “ބައްޕާ، ކިހިނެތް ވެފަތިތިބީ!” ކޮޓަރިން ނިކުތް ޔަސީރާއަޑުގައި ކުޑަހާސްކަމެއް އެކުލެވިފައި ހުއްޓެވެ.

އިޝްތިހާރު Below Header ad

“ކަމެއް ވެފައެއްނޫން…ދޯ ބައްޕާ” އަވަސް އަވަހަށް ޔަލީނާ ޖަވާބުދިނެވެ. އެކަމަކު ޔަސީރާ ހުރީ އެކަން ގަބޫލުކުރާ ގޮތަކަށް ނޫނެވެ.

“މަށަށް އެނގޭ ކަމެއް ވެއްޖެ ކަން. އެކަމަކު ނުބުނާކަށް ނުން ތިއުޅެނީ އެންމެ ރަގަޅޭ!”

ސަމާސާ ރާގެއްގައި ޔަސީރާ ދިމާކޮށްލިއެވެ. މަދުފަހަރަކު އެހެން ސަކަގޮތެއް ހުއްޓަސް ޔަސީރާއަކީ ވަރަށް ސީރިއަސް ކުއްޖެކެވެ. މިހާރަކަށް އައިސް އޭނާގެ މުޅި ޠަބީޢަތު ބަލަދުވެފައި ހަމަޖެހިފައި ހުންނަ ކަންފާހަގަ ވެއެވެ. ވިޔަފާރީގެ ތެރެއަށް މަޑުމަޑުން ޔަސީރާ ވަންނަން ފެށުމުން އައި ހެޔޮބަދަލެއްކަމަށް ވެދާނެއެވެ.

“ބައްޕާ! ޔުޝްއަނެއްކާ މޫޑީ ދުވަހެއް… ނޭނގޭ އޭނަޔާ ވާހަކަ ދައްކާނެ ގޮތެއްވެސް.”

“ދަރިފުޅާ އެކަމާ އަޅާނުލާ.  އެއުޅެނީ ފެޝަންޝޯއަކަށް އަރަން ހުއްދަނުދީގެން. ބައްޕަ އަސްލުނުބުނަން ނޫނެކޭ..އެކަމަކު ދެން ޔުޝްފާ ހީކޮށްގެން އެހުންނަނީ ބައްޕަ ގަބޫލު ނުވީއޭ! އަޅެ ދަރިފުޅު ބުނެބަލަ. ދަރިފުޅުތީ މިގޭ އެންމެ ދޮށީ ކުއްޖަކީ… ކިޔަވާ ނިމި މިހާރު މަޑުމަޑުން އަމިއްލަ ފައި މައްޗައް ތިޔަ ތެދުވެވުނީ. ދަރިފުޅުގެ ކޮއްކޮ ފެޝަންގެ ދުނިޔޭގައި މޮޑެލްކުރަން އެއްބަސްވާނަންތަ”

ޔަސީރާ އަށް ވީގޮތުން އެލިބުނީ މުޅިން އައު ޚަބަރެއްކަންއެނގުނެވެ.

“ވަޓް…ޔުޝް މޮޑެލްކުރަނީޔޭ! ނޯވޭ!”

ކުއްލިއަކަށް އިންތަނުން ތެދުވެފައި ޔުޝްފާއަށް ގޮވަމުން ދުއްވައިގަތެވެ. ފަހަތުން ޔަލީނާވެސް ދުވެފައި ޔުޝްފާގެ ކޮޓަރިއަށް ދިޔައެވެ.

ހީކުރިގޮތާ ޚިލާފަށް ޔަސީރާވީއުފަލެވެ. ކޮއްކޮއަށް އެފަދަ ބޮޑު ފުރުސަތެއްލިބުނު ކަމަށްޓަކައި ޔަސީރާ ޔުޝްފާއަށް މަރްޚަބާކިޔެވެ. އަދި ޔާނިޔާއަށްވެސް އެޚަބަރުދީފިއެވެ. އަހަރެން ވިސްނާލާފައި އެކުދިން ގާތަށްދިޔައީމެވެ.

“ދަރިފުޅާ ޔުޝްފާ. ދަރިފުޅު އެހާ ކުރަންބޭނުން ކަމެއްވީމަ ތިކަން ކުރަން ހުއްދަ ދީފާނަން….”

އަހަރެން އެހެން ރަގަޅަށް ބުނެ ނުނިމިގެން އުޅެނިކޮށް ހުރިހާ ކުދިން އެއްފަހަރާ އުފަލުން އަޑުގަދަކޮށްލައިފިއެވެ. ޔަލީނާވެސް މަޖާގަނޑުގައި ބައިވެރިވެ ފުމެންފެށިއެވެ. ހަތަރުކުދިންގެ މަޖާގަނޑު ނިމެންދެން އަހަރެން ހިނިތުންވެފައި އެތަން ބަލަން އިނީމެވެ. ހުރިހާކުދިން އެކުގައި އުފަލުން އުޅޭ ތަން ފެނުމަކީ ހާދަހިތް ހަމަ ޖެހޭ ކަމެކެވެ.

“އެކަމަކު…އެކަމަކު އަޑުއަހާ ދަރިފުޅާ.. ޝަރުތެއް އެބައޮތް” ކުޑަކޮށް އަޑުފައްގަނޑު މައިތިރި ވުމުން އަހަރެން ބުނެލީމެވެ.

” ދަރިފުޅުގެ ކިޔެވުން ކުރިއަށް ގެންދަންޖެހޭނެ. ކިޔަވާކަން ނަތީޖާތަކުން ބައްޕައަށް ފެންނަން އޮންނަންވާނެ. ދެން އޮތް ކަމަކީ ހުތުރު ނަމެއް މިޢާާއިލާއަށާ ދަރިފުޅަށް ލިބޭފަދަ ގޮތަކަށް އުޅެގެން ނުވާނެ. އެނގެންވާނެ އަދިވެސް މުޖްތަމައުގައި ތިކަހަލަ ކަންކަމާމެދު މީހުން ދެކޭގޮތް…ތިމާގެ އަގަކީ އަމިއްލައަށް ހިފެހެއްޓޭނެ އެއްޗެއް. ޢިއްޒަތާ އަބުރަށް ހުތުރު ނަމެއް އަރުވައިގެން ނުވާނެ. ”

***

ޔަސީރާހުޅުވި ފިހާރައިގެ ކަންކަން ވަރަށް ގާތުން އަހަރެން އައީ ބަލަހައްޓަމުންނެވެ. ހަމަ އެހެންމެ ޔަސީރާވެސް ވަރަށް ގަޔާވެގެން މަސައްކަތުގައި އުޅޭތަން ފެނެއެވެ. ބައެއްފަހަރު ވިޔަފާރި ދަތުރު ތަކުގައި ޔަސީރާއާއި އެކު ޔާނިޔާއާއި ޔުޝްފާ ގެންދެއެވެ. އެކުދިންނާއެކު ޔަލީނާ ނުދަނީ ބޭކާރު ޚަރަދު ކުރާކަށް ނުވާނެޔޭ ކިޔާފައެވެ. އެހެން ނަމަވެސް ފިހާރައިގެ ކަންކަމުގައި މާލޭގައި ހުރެގެން ކޮށްދެވޭނެ އެތައް ކަމެއް ޔަލީނާއައީ ކޮށްދެމުން ނެވެ.

 

ހުރިހާ ކުދިންވެސް އެކި އެކި ކަންކަމުގައި އަވަދި ނެތި އުޅޭތަން ފެނުމުން އަހަރެންގެ ހިތައް ބަޔާން ކުރަންދަތި ފިނި އިހްސާސެއްލިއްބައިދެއެވެ. ކުދިން،ކުދިންގެ ގުޅުން ބަދަހިވެފައިވެއެވެ. އެހެން ނަމަވެސް ދޭތެރެއަކުން ޔަލީނާއަށް ބަހެއް އެއްލުން އެއީ ޔާނިޔާގެ ކަމެކެވެ. އެއްދުވަހަކު އަހަރެން އައިސް ގެޔަށް ވަތްއިރު ޔަސީރާ، ޔާނިޔާއަށް ނަސޭހަތްދޭ އަޑު އެހީމެވެ. ޔަލީނާއަށް ކުކީ ނުކިޔަން ނަސޭހަތް ދިނެވެ. އަހަރެން ހަމަ ފެނުމާއެކު ޔަސީރާމެން ދައްކަމުން ދިޔަވާހަކަ ހުއްޓާލިއެވެ.

ޔަސީރާއާއި ޔާނިޔާގާތު ވާހަކަ ދައްކަން އަހަރެން މަޑުކޮށްލީމެވެ. ޔާނިޔާގެ ކިޔެވުންދާގޮތް އަހާލާ ޓެސްޓަށް ތައްޔާރު ވަމުންދާގޮތް ބެލީމެވެ. ޔަސީރާގެ ފިހާރައިގެ ކަންކަން ވެސް އަހާއޮޅުން ފިލުވައި  ހެދީމެވެ. އަހަރެންގެ ޚިޔާލު ޔަސީރާއަށް އަދިވެސް ވަރަށް މުހިއްމުވާނޭކަން އެނގޭތީއެވެ.

އަހަރެންގެ އެކުވެރި ޑޭވިޑް އެކޮޅުން ޔަސީރާއަށް އެހީތެރިވެދެއެވެ. ޔަސީރާ އެކަމާ ހުންނަނީ ނިކަން ހިތްހަމަ ޖެހިފައެވެ.

“ބައްޕާ ، ޑޭވިޑްއަކީ ހާދަ ރަގަޅުމީހެކޭ! ވަރަށް ކަންކަން ދަސްވޭއެބަ މިހާރު”

“ދަރިފުޅާ! އަދި ވެސް ދަސްކުރަން ލައްކަ ކަންކަން ހުންނާނެ، ވިޔަފާރި އަކީވަަރަށް ފާޑެއްގެ ކަމެއް. ނިކަން ވިސްނައިގެން އުޅޭމީހަކަށްވެސް ފަހަރެއްގަ ހަމަ ލަނޑެއްލިބިދާނެ. ” ޔަސީރާ ހީލިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.