ޔޫރޯ 2020: (ގުރޫޕް އެފް) ޕޯޗުގަލް – ޖަރުމަން

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފް ގައި މިރޭ ކުޅޭ މެޗުތަކުގެ ތެރެއިން އެންމެ ގިނަބަޔަކު އިންތިޒާރުކުރާ އަދި އެންމެ ފޯރިގަދަވެގެން ދާނެ އެއް މެޗަކީ ޖަރުމަނާއި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ބައްދަލުކުރާ މެޗެވެ. މި މެޗަކީ މިފަހަރުގެ ޔޫރޯގައި އެންމެ ގިނަބަޔަކު ބަލާނެ އެއް މެޗަށް ވެގެންދާނެއެވެ.

މިރޭގެ މެޗަށް ޕޯޗުގަލް އަދި ޖަރުމަން ނިކުންނައިރު، ޕޯޗުގަލް އެންމެ ފުރަތަމަ ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުން ވަނީ މޮޅުވެފައެވެ. އަދި ޖަރުމަން ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. އެހެން ކަމުން މިރޭގެ މެޗު ބޮޑަށް މުހިންމީ ޖަރުމަނަށެވެ. އެޓީމު މިރޭގެ މެޗުން ޕޯޗުގަލް އަތުން ބަލިވެއްޖެ ނަމަ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު މުޅިންހެން ބަންދުވީއެވެ. މިރޭގެ މެޗުން ޕޯޗުގަލް މޮޅުވެއްޖެ ނަމަ އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ޔަގީންވެގެންދާނެއެވެ. މިރޭގެ މެޗުން ޕޯޗުގަލް ބަލިވެއްޖެ ނަމަ އެޓީމުން ދެން ޖެހޭނީ ދެވަނަ ބުރަށް ދިއުމަށް ފްރާންސްއާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރާށެވެ.

އިޝްތިހާރު Below Header ad

ޕޯޗުގަލް އަދި ޖަރުމަންގެ ތާރީޚީ ކުރިމަތިލުންތައް

ޕޯޗުގަލް އަދި ޖަރުމަން މީގެ ކުރިން 17 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެ ތެރެއިން ޖަރުމަން 8 ފަހަރު މޮޅުވެފައިވާއިރު، ޕޯޗުގަލް މޮޅުވެފައިވަނީ ތިން ފަހަރު އެވެ. ހަތަރު މެޗު ވަނީ އެއްވަރުވެފައެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށް ފައިވަނީ 2014 ވަނަ އަހަރު ކުޅެވުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައެވެ. އެފަހަރުގެ މެޗު 0-4 ގެ ނަތީޖާއިން މޮޅުވެފައިވަނީ ޖަރުމަންއެވެ.

ދެޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާތައް

ޕޯޗުގަލް އެންމެ ފަހުން އެޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވިއިރު، ދެމެޗުން ވަނީ އެއްވަރުވެފައެވެ. މެޗަކުން ބަލިވެފައެއް ނުވެއެވެ.

ޖަރުމަން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ ދެމެޗުންނެވެ. ދެމެޗުން ވަނީ ބަލިވެފައެވެ. އެއްމެޗުން ވަނީ އެއްވަރުވެފައެވެ.

ޕޯޗުގަލް އަދި ޖަރުމަން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 9 ޖަހާއިރުގައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.