ފަރެސްމާތޮޑާ އެއަރޕޯޓުގައި ފަޔަރ ބިލްޑިންގ ހެދުމުގެ މަސައްކަތް ފަށައިފި

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ފަޔަރ ބިލްޑިންގ ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތްކުރާ ކުންފުނި އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ޓާރމިނަލް ގްރައުންޑްގެ ލެވެލިންގ މަސައްކަތްތައް ކަމަށެވެ.

އިޝްތިހާރު Below Header ad

އެމްޓީސީސީން ކުރާ މި މަސައްކަތުގެ ތެރެއިން އެއަރޕޯޓުގެ ރަންވޭއާއި ޓާރނިންގ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައް މިހާރުވަނީ ނިންމާފަ އެވެ. އެ މަސައްކަތް ނިންމާފައިވަނީ މެއި މަހުގެ 22 ވަނަ ދުވަހު އެވެ.

މި މަޝްރޫޢުގެ ދަށުން، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސަރވިސް ރޯޑު އިމާރާތް ކުރުމަށް ވަނީ ނިންމާފަ އެވެ.

144.8 މިލިއަން ރުފިޔާގެ ފަރެސްމާތޮޑާ އެއަރޕޯޓް މޮބިލައިޒް ކޮށްފައިވަނީ 2021 ޖަނަވަރީ ފުރަތަމަ ދުވަހު އެވެ.

މި މަޝްރޫޢު ނިންމަން މަސައްކަތް މިއަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހުގެ ކުރިން ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވަނީ ލަފާކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.