އިންޑިއާގެ ދުވުންތެރިޔާ މިލްކާ ސިންގް ކޯވިޑް ޖެހިގެން 91 އަހަރުގައި މަރުވެއްޖެ

އިންޑިއާގެ ކުރީގެ މަޝްހޫރު ދުވުންތެރިޔާ މިލްކާ ސިންގް 91 އަހަރުގައި މަރުވެއްޖެ އެވެ.

މަރުވީ ކޯވިޑް ޖެހިގެން ފަރުވާދޭތާ ހަތަރު ހަފްތާ ފަހުންނެވެ. ކޯވިޑްގެ ހާލަތު ގޯސްވެގެން އޭނާ ޗަންދީގަރުގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާދޭތާ މިހާރު ދެ ހަފްތާ ވެއްޖެ އެވެ.

އިޝްތިހާރު Below Header ad

މިލްކާގެ އިތުރުން އޭނާގެ އަންހެނުން ނިރްމާލް މިލްކާ ސިންގްއަށްވެސް ކޯވިޑް ޖެހުނެވެ. މިލްކާގެ އަންހެނުން ވަނީ މީގެ ފަސް ދުވަސް ކުރިން ކޯވިޑަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައި އެވެ.

މިލްކާ ސިންގް އާއި އަންހެނުން ނިރްމާލް އަކީ ޕާކިސްތާނަށް އުފަން ދެމީހުންނެވެ.

މިލްކާ ވަނީ 1958 ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސް އާއި 1960 ވަނަ އަހަރު ބޭއްވި ރޯމް އޮލިމްޕިއަންސްއިން އޭނާ ބައިވެރިވި ދުވުމުގެ ހުރިހާ ކެޓަގަރީއަކުން އެއްވަނަ ހޯދާފައި އެވެ. އެއީ ދުވުމުން އިންޑިއާއަށް ފުރަތަމަ ރަން މެޑަލް ހޯދައިދިން މީހާ އެވެ.

މިލްކާ ސިންގް އެ ދެމުބާރާތުގައި ގާއިމް ކުރި ރެކޯޑު އިންޑިއާ ދުވުންތެރިއަކަށް މުގުރާލެވުނީ އޭގެ 50 އަހަރު ފަހުން 2010 ވަނަ އަހަރު އެވެ. އެ ރެކޯޑު މުގުރާލީ 2010 ވަނަ އަހަރު އިންޑިއާގެ ވެރިރަށް ނިއުދިއްލާގައި ބޭއްވި ކޮމަންވެލްތް ގޭމްސްގައި އިންޑިއާގެ ދުވުންތެރިޔާ ކްރިޝްނާ ޕޫނިއާ އެވެ.

މިލްކާ ބައިވެރިވި އޭޝިއަން ގޭމްސްއިން ހަތަރު ފަހަރު އިންޑިއާއަށް ރަންމެޑަލް ހޯދައިދީފަ ވެ އެވެ. މީގެ އިތުރުންވެސް އިންޑިއާއަށް މިލްކާ ސިންގް ވަނީ ދުވުމުން އެތައް ކާމިޔާބެއް ހޯދައިދީފަ އެވެ.

އޭނާ ހަޔާތުގެ މައްޗަށް ބޮލީވުޑްގައި ވަނީ “މިލްކާ ބާގް މިލްކާ” ގެނަމުގައި ފިލްމެއް ހަދާފައި އެވެ. ފަރްހާން އަހްތަރު މިލްކާގެ ރޯލުން ފެނިގެން ދިޔަ އެ ފިލްމު ބޮޑު ކާމިޔާބެއް ހޯދާފައިވެ އެވެ.

މިލްކާ ސިންގް އާއި އަންހެނުން ނިރްމާލް ކޯވިޑްގައި މަރުވި އިރު ހަތަރު ދަރިން ދުނިޔޭގައި އެބަތިއްބެވެ. އެއީ ތިން އަންހެން ދަރިންނާއި ފިރިހެން ދަރިއެކެވެ.

މިލްކާގެ ފިރިހެން ދަރިފުޅުނު ޖީވް މިލްކާ ސިންގަކީ މަޝްހޫރު ގޮލްފް ކުޅުންތެރިއެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.