ޔޫރޯ 2020: (ގުރޫޕް ޑީ) އިންގްލެންޑް – ސްކޮޓްލެންޑް

ޔޫރޯ 2020 ގެ ގްރޫޕް ޑީ ގައި އިންގްލެންޑާއި ސްކޮޓްލެންޑް މިރޭ ބައްދަލުކުރާނެއެވެ. މިރޭގެ މެޗަށް ނުކުންނައިރު އިންގްލެންޑަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފުރަތަމަ މެޗުން ކްރޮއޭޝިއާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައި އޮތުމެވެ. އަނެއްކޮޅުން ސްކޮޓްލެންޑުން ވަނީ ފުރަތަމަ މެޗުން ޗެކް ރިޕަބްލިކް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެހެން ކަމުން މިރޭގެ މަޗު ބޮޑަށް މުހިންމީ ސްކޮޓްލެންޑަށެވެ. މިރޭގެ މެޗުން ސްކޮޓްލެންޑް ބަލިވެއްޖެ ނަމަ އެޓީމަށް ދެވަނަ ބުރަށް ދިއުމަށް އޮތް ފުރުސަތު މުޅިން ކަހަލަ ގޮތަކަށް ގެއްލުނީއެވެ. އެހެން ކަމުން މިރޭގެ މެޗުން އެޓީމަށް މޮޅެއް ހޯދުން މަޖުބޫރެވެ. މިރޭ ކުޅޭ މެޗުން އިންގްލެންޑް މޮޅުވެއްޖެ ނަމަ އެޓީމަށް ދެވަނަ ބުރު ޔަގީންވާނެއެވެ.

ސްކޮޓްލެންޑް އަދި އިންގްލެންޑުގެ ތާރީޚީ ކުރިމަތިލުންތައް

އިޝްތިހާރު Below Header ad

އިންގްލެންޑް އަދި ސްކޮޓްލެންޑް މީގެ ކުރިން 50 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭހެ ތެރެއިން 28 ފަހަރު އިންގްލެންޑް މޮޅުވެފައިވާއިރު، ސްކޮޓްލެންޑަށް މޮޅުވެވިފައިވަނީ 11 ފަހަރުއެވެ. 7 މެޗުން ވަނީ އެއްވަރުވެފައެވެ.

ދެޓީ އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާތަށް

އިންގްލެންޑް އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް ވަނީ މޮޅުވެފައެވެ. ސްކޮޓްލެންޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. ދެމެޗު އެއްވަރުވިއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.

އިންގްލެންޑްް އަދި ސްކޮޓްލެންޑް ބައްދަލުކުރާ މެޗު ފަަށާނީ މިރޭ ދައްވަރު 12 ޖަހާއިރުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ބަލަ ކަލޭމެން ބޮޑު ހަބަރެއް ޖެހިން ދޯ ކޮންމެ ހަފުތާޔަކު އިނާމެއް ދޭ ވާހަކަ، އެފްބީ އިން ލައިވް ކުރާނަމޭ.. ރައްޔިތުންނަށް ދޯކާ ދޭން އަނެއްކާ ވެސް އެކަހަލަ ހަބަރު ޖަހަނީ.. ދެން ބޮޑުވަރު ދޯ

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.