ކެފޭ، ރެސްޓޯރެންޓް އަދި ޖިމްތަކުގެ ވިޔަފާރި އިނދަ ޖެހެނީ، ހައްލެއް ހޯއްދަވައިދެއްވާ!

ޗައިނާގެ ވޫހާން ސިޓީން ފާއްދާލި ކުޑަކުޑަ ޖަރާސީމު ކޮރޯނާ ވައިރަސްގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސޯދު މިވަނީ ހީނަރުވެފަ އެވެ.

ހުރިހައި ގައުމެއްގައި ކަހަލަ ގޮތަކަށް ބޯޑަރުތައް ބަންދުކޮށް، ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ނެވެ.

އިޝްތިހާރު Below Header ad

ރާއްޖޭގައި ވެސް އޮތީ މިގޮތަށެވެ. ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށާއި އިގްތިސާދު ދެމެހެއްޓުމަށް އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުން ނެވެ. އެކަމަށް ޝުކުރުވެރިވުމަކީ ވެސް ކުރަންޖެހޭ ކަމެކެވެ. އަދި އެ މަސައްކަތްތަކަށް ޝުކުރުވެރިވުން ހައްގު ވެސް މެއެވެ.

ކޮވިޑު ކޭސްތައް އިތުރުވާން ފެށުމުން އަޅާ ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމަކީ ވެސް އެންމެރަނގަޅު ގޮތެވެ. އެކަން ކުރާންވެސް ޖެހޭނީ އެގޮތަށެވެ. ނަމަވެސް ލުއިތައް ދޭ އިރު، އެންމެނަަށް ހަމަހަމަ އުސޫލަކުން އެކަން ކުރުމަކީ އެންމެ އެދެވޭ ގޮތެވެ.

ކޮވިޑުގެ 3 ވަނަ ރާޅާއެކު ރާއްޖޭގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނީ، ކަމާއިބެހޭ ފަރާތްތަކުން ބައްލަވަންވާ އެންމެ ރަނގަޅަށް ބައްލަވާފައި ކަމަށް ގަބޫލު ކުރަމެވެ. އެކަމަކު ވިޔަވާރި ކުރާ ބައެއް ތަންތަނަށް ވަކި އުސާލަކާއި އެއްގޮތަށް ޢަމަލު ކުރުމަށް ޝަރުތުކޮށް ލުއިތައް ދިން އިރު، ކެފޭ، ހޮޓާ، ރެސްޓޯރެންޓު އަދި ޖިމްތައް އަދިވެސް ވަނީ ބަންދުކޮށްފަ އެވެ.

މި ޚިދުމަތް ދޭ ފަރާތްތަކުގެ ވިޔަފާރި އަލުން ހުޅުވައި، ކަސްޓަމަރުންނަށް ޚިދުމަތް ދެވޭނޭ ގޮތް ވުމަކީ ކުރަމުން އަންނަ އުއްމީދެކެވެ.

އެފަދަ ފަރާތްތަކުގެ ޝަކުވާ ވެސް އެބަހުއްޓެވެ. މިސާލަކަށް، މާލޭގެ މަސްމާރުކޭޓު އަދި އެހެނިހެން ވެސް މާރުކޭޓުތަކުގައި ގައިދުރުކަމެއް ނެތި ގިނަ ބަޔަކު އެއްވަގުތެއްގައި އުޅުމަކީ މި ބަލި ފެތުރުމަށް މަގުފަހިވާނޭ ކަމެއްކަން އެފަރާތްތަކުން ފާހަގަ ކުރެއެވެ.

Markets

ކޮންމެ ތަނެއްގައި ނުވަތަ ކޮންމެ މީހެއްގެ ގާތުގައި ފުލުހެއް، ސިފައިންގެ މީހެއް ނުބެހެއްޓޭނެކަން ވެސް އެނގެ އެވެ. ނަމަވެސް ކެފޭ، ހޮޓާ، ރެސްޓޯރެންޓު އަދި ޖިމްތަކުގެ ކުލި ދައްކަން ޖެހުމާއި މުވައްޒަފުންނަށް މުސާރަ ދިނުމަކީ ހަމަ ޔަގީނުން ވެސް ކުރަން ޖެހޭނެ ކަމެކެވެ. ގިނަ ތަންތަނަކީ ކުލީގެ ކުޑަ މިންވަރެއްވެސް ކަނޑާލަދޭ ތަންތަނެއް ނޫނެވެ. “ތަނުގެ ވެރި ފަރާތަށް” ލިބޭ އާމަދަނީ މަދުވާތީ އެވެ.

ކަން މިހެން ހުރި އިރު ކެފޭ، ރެސްޓޯރެންޓުތަކުގެ ވިޔަފާރިއަށް އާރޯކަމެއް ވީ އެންމެ އަވަހަކަށް އައުމަކީ އެފަރާތްތަކުގެ ވަރަށްބޮޑު އުއްމީދެކެވެ. ޚާއްސަަކޮށް ޖިމްތައް ހިންގާ ފަރާތްތަކުން، އެފަރާތްތަކުގެ ކަސްޓަމަރުން ގެއްލި ދިއުމަކީ ވަރަށް ދެރަ ކަމެކެވެ.

ކެފޭ، ހޮޓާ، ރެސްޓޯރެންޓު އަދި ޖިމް ހިންގާ ފަރާތްތަކުން ވެސް ތިބީ އެޗްޕީއޭ އިން އަންގާ މިންގަނޑުތަަކަށް ތަބާވެ، ޚިދުމަތް ދިނުމަށް ތައްޔާރަށެވެ. އެހެން ވިޔަފާރިތަކަށް ހުއްދަ ދޭ އުސޫލުން އެފަރާތްތައް މަހްރޫމު ނުކުރައްވާށެވެ.

ގިނަ ދުވަހަށް އެ ޚިދުމަތްތައް ނުދެވިއްޖެ ނަމަ، އެ ވިޔަފާރިކުރައްވާ ފަރާތްތަކަށް މިހާރަށް ވުރެ ބޮޑަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް މެދުވެރިވެދާނެ އެވެ. މިއީ އަދުގެ ސަރުކާރުން ވެސް ބޭނުންވާނޭ ގޮތެއް ނޫނެވެ.

އެހެންވީމާ، އަޅުގަނޑުމެންގެ އުއްމީދަކީ ކެފޭ، ހޮޓާ، ރެސްޓޯރެންޓު އަދި ޖިމްތައް ވެސް ހުޅުވި، ޢާންމުންނަށް ޚިދުމަތް ދެވޭނެ ދުވަހެއް ފެނުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. އަޖައިބުވަނީ ކޮވިޑުގެ ކޮންމެ ފަހަރަކު އިންޑިޔާ އިން އަންނަން ބޭނުންވާ އެންމެންނަށް އާދެވޭ. ފަތުރުވެރިންނަށް އާދެވޭ. އެކަމަކު ކެފޭތަށް ކޮންމެ ފަހަރަކު އެންމެ ކުރިން ބަންދުކުރޭ. މިހާރު ބަދަލުހޯދަން ކޯޓަށް ދާވަރު ވެއްޖެ.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.