ގަންގާ ކޯރުގައި އޮޔާދިޔަ ލަކުޑި ފޮށްޓެއްގައި އޮތީ 21 ދުވަހުގެ ކުޑަކުއްޖެއް!

އިންޑިއާގެ މަޝްހޫރު ގަންގާ ކޯރުގައި އޮޔާދިޔަ ލަކުޑި ފޮއްޓެއްގެ ތެރެއިން ކުޑަ ކުއްޖަކު ފެނިއްޖެ އެވެ.

އެ ފޮށީގައި ތެރޭގައި އޮތީ 21 ދުވަހުގެ ކުޑަ އަންހެން ކުއްޖެކެވެ. އަދި އެ ކުއްޖާ ރަތް ފޮތިގަނޑަކަށް ލާ އޮޅާލާފައިވާއިރު ފޮށީގެ އެތެރެއާއި ބޭރު ހުރީ ހިންދޫ ދީނުގެ އަޅުކަން ކުރާ ސާމާނުން ޖަރީކޮށްފައި އެވެ.

އިޝްތިހާރު Below Header ad

މި ފޮށި ކޯރުގައި އޮޔާ ދަނިކޮށް ނެގީ އެ ކޯރުގއި ބޯޓު ދުއްވާ ގުއްލޫ ޗައުދަރީ ކިޔާ މީހަކަށެވެ. އެމީހާ މީޑިއާގައި ބުނީ އެ ފޮށި ނަގައި ބަލަން ބޭނުންވީ އެ ފޮށީ ތެރެއިން ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވުމުން ކަމަށެވެ.

ފޮށީގެ ތެރެއިން ކުއްޖާ ރޯއަޑު އިވެން ފެށި އިރު ގުއްލޫ އާއި އެހެން މީހުން ތިބީ ކޯރުގެ ކައިރީގައި އެވެ. އެކަމަކު އެކަކުވެސް އެ ފޮށީ ނެގުމަށް މަސައްކަތް ނުކުރާ ކަމަށާއި އޭނާ އެ ފޮށި ނަގަން ކުރި މަސައްކަތުގައިވެސް އެހީތެރިކަން މީހަކު ފޯރު ނުކޮށްދޭ ކަމަށް ގުއްލޫ ބުންޏެވެ.

118958591 whatsappimage2021 06 17at11.41.35am 1

އެ ކުއްޖާ ނަގައިގެން ގުއްލޫ ގެންގޮސްފައިވަނީ އޭނާ ގެއަށެވެ. ފުލުހުން އެ ކުއްޖާ އާއި ހަވާލުވީ އެ ގޭގައި އޮއްވަ ކަމަށްވެ އެވެ.

އެ ކުއްޖާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ހޮސްޕިޓަލަށް ގެންގޮސް އިތުރު ޓެސްޓުތައް ހަދަން ފަށާފަ އެވެ. އަދި ފަރުވާއަށް ފަހު އެ ކުއްޖާ ކުޑަކުދިން ބަލަހައްޓާ ތަނަކަށް ގެންދާނެ ކަމަށް ފުލުހުންނާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ.

ފުލުހުން ވަނީ އެ ކުއްޖާ ކޯރު ތެރެއަށް ފޮއްޓަކަށް ލައި ދޫކޮށްލި ބަޔަކު ހޯދުމުގެ ތަހުގީގު ފަށާފައި އެވެ.

އެ ކުއްޖާ އެއްލިލާލި ކަމަށް ބެލެވޭ ހެއްކެއް އަދި ނުފެނުނު ނަމަވެސް ލަފާ ކުރާ ގޮތުގައި އެއީ އަންހެން ކުދިންނާއި މެދު އިންޑިއާގައި ގެންގުޅޭ ތަފާތު ކުރުންތަކުގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށްބެލެވެ އެވެ. އަދި އެ ކުއްޖާ މަރާލަން ނުކެރިގެން އެހެން މީހަކު ނަގަން ދޫކޮށްލީ ކަމަށް ފުލުހުންވެސް ލަފާ ކުރެ އެވެ.

އިންޑިއާއަކީ ދުނިޔޭގައި އަންހެނުންނާއި މެދު އެންމެ ތަފާތު ކުރުން ބޮޑު ގައުމެވެ. އެއީ އަންހެން ދަރިން ބޮޑެތިވުމުން ކުރަން ޖެހޭ ހަރަދުތައް ބޮޑު ކަމުން ކަމަށްބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ދެން ކަލޭމެންނަށް ކީއްތަ؟ ކަލޭމެން ދާންވީނު އެކުއްޖާއާ ހަވާލުވާން. ތިހާވަރަށް ނޫހުގަ ނުލިޔެ.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.