އޮސްޓްރޭލިއާގެ ބައެއް ހިސާބުގައި މަކުނުވާގެ ހުދު ސާލެއް

ދާދި ފަހުން އޮސްޓްރޭލިޔާގައި ފެންބޮޑުވި ބައެއް ހިސާބުތަކުގެ ގަސްތަކާއި ވިނަދަނޑުތައް މަކުނުވާއިން ފުރާލައިފިއެވެ.

ވިކްޓޯރިއާގެ ޖިޕްސްލޭންޑް ހިސާބުގައި ދިރިއުޅޭ މީހުން ބުނާގޮތުގައި، ކުދި ކުދި މަކުނުތައް ގަސްތަކުގައާއި ވިނަދަނޑުތަކުގައި ވާފުރަން ފަށާފައި ވަނީ، އެސަރަހައްދުތަކަށް މެދުނުކެނޑި ވާރޭވެހި، ފެންބޮޑުވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އޭގެން އެއްސަރަހައްދުގައި މަގުތަކާ އެއްކޮށް އެއް ކިލޯމީޓަރަށް ވުރެ ބޮޑު ހިސާބެއް ވަނީ މަކުނުވާއިން ފުރާލާފައެވެ.

އިޝްތިހާރު Below Header ad

ތަޖުރިބާކާރުން ބުނެފައިވަނީ، އެގޮތައް މަކުނު ވާފުރާފައި ވަނީ ސަލާމަތީ އުކުޅެއްގެ ގޮތުން ކަމަށެވެ. އެގޮތުން ފެނުގެ ސަބަބުން ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ފެނުމުން މަކުނުވާ ފުރައި، އޭގެ އެހީގައި ފެނުން ސަލާމަތް ވުމަށް އުސްތަންތަނަށް އެރުމަށް ބޭނުން ކުރަނީ ކަމަށް ބުނެފައިވެއެވެ.

ދިރޭ ސޫފާސޫފީގެ ކަންތައްތައް ދިރާސާ ކުރާ ފަރާތެއް ކަމުގައިވާ ޑރ. ކެން ވޯކަރ ބުނެފައި ވަނީ، މިއީ އެތައް މިލިއަން މަކުނުތަކެއްގެ މަސައްކަތް ކަމަށް ޤަބޫލު ކުރާ ކަމަށެވެ. އަދި ހަފްތާއެއްހާ ދުވަހުން މަކުނުވާތައް ހަލާކުވާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ވިކްޓޯރިއާގެ ލޯކަލް ކައުންސިލަރެއް ބުނެފައި ވަނީ، ފެންބޮޑުވުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ބެލުމަށް އެއްދުވަހު ހެނދުނު އޭނާ ކޯރުގެ އައްސޭރިއަށް ދިޔައިރު މުޅި ހިސާބު ވަނީ މަކުނުވާތަކުން ފުރާލާފައި ކަމަށެވެ. އަދި ހުދުކުލައިގެ ސާލެއްފަދައިން މަކުނުވާތަކާއި މަކުނުވާތަކުގެ ތެރެއިން ކުދިކުދި މަކުނުތައް ހެލިފެލިވެ އުޅޭ މަންޒަރު ފެނުމުން އޭނާ ބިރު ނުގަންނަ ކަމަށާއި، އެހެންނަމަވެސް އެއީ ވަރަށްވެސް ރީތި މަންޒަރަކަށްވި ކަމަށް އޭނާ ބުނެފައިވެއެވެ.

ވިކްޓޯރިއާގައި ދިރިއުޅޭ މީހަކު ބުނެފައި ވަނީ، އޭނާއާއި އޭނާގެ އާއިލާ ހިނގާލަން ނިކުތް ވަގުތު މުޅި ހިސާބުގައި މަކުނުވާތައް ފެނުމުން އެންމެ ފުރަތަމަ ހީކުރީ އެއީ ބަޔަކު ދަމާފައި ހުރި ދާތަކެއް ކަމަށެވެ. އެހެންނަމަވެސް ވާތަކުގެ ތެރެއިން މަކުނުތައް ފެނުމުން އެއީ މަކުނުވާތަކެއް ކަން އެނގުނު ކަމަށާއި، އެމަންޒަރު ފެނިފައި ހައިރާންވި ކަމަށެވެ. މީގެ ކުރިންވެސް މަކުނު ވާފުރާފައި ހުއްޓައި ފެނުނު ކަމަށާއި، އެހެންނަމަވެސް މިފަދަ ގޮތަކަށް މިހާ ބޮޑުކޮށް ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށް އޭނާ ބުނެފައިވެއެވެ.

australia

އެހިސާބުގެ ރައްޔިތުން ދެކޭގޮތުގައި، ދާދި ފަހުން އެސަރަހައްދުގައި ފެންބޮޑުވެ ހިނގި ހިރާމަވެރި ހާދިސާތަކަށް ފަހު، މިފަދަ މަންޒަރެއް ފެނުމަކީ ހިތައް ހިތްހަމަޖެހުން ލިއްބައިދިން ކަމެކެއެވެ.

އެތައް ދުވަހެއް ވަންދެއް ބާރު ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދާދި ފަހުން ވިކްޓޯރިއާގައި ފެންބޮޑުވެ އެތައް ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ކާރު ތެރޭގައި ތާށިވެ ދެމީހުން ވަނީ މަރުވެސް ވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.