30 އަހަރު ވަންދެން ގަނޑުކޮށްފައި އޮތް ދިރޭ އެއްޗެއް ސައިންސްވެރިން ދިރުވައިފި

ގަނޑުކޮށްފައި ބާއްވާފައި އޮތް ކުޑަ ކުޑަ ދިރޭއެއްޗެއް ކާމިޔާބުކަމާއެކު އަލުން ދިރުވާފައިވާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ޖަޕާންގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ޕޯލަރ ރިސާޗްއިން ބުނެފައި ވަނީ، އެންޓާޓިކާއިން ނަގާފައިވާ “ޓާޑިގްރޭޑް” ގެ ނަމުން ނަންދީފައިވާ ކުޑަ ދިރޭއެއްޗެއް ގަނޑުފިލުވައި، 30 އަހަރު ފަހުން އަލުން ދިރުވުމުގައި އެއިންސްޓިޓިއުޓްގެ ސައިންސްވެރިން ކާމިޔާބު ހޯދާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

ދިގުމިނުގައި 1 މމ އަށްވުރެވެސް ކުޑަ މި ސުތްޕަކީ ފެނުގައި ގަދަ ފިނީގައި ދިރިއުޅޭ ސުތްޕެކެވެ. އަދި ކެއިންބުއިމާއި ހަޖަމް ކުރުމުގެ ނިޒާމް ލަސްކޮށްލުމާއި ދިގު މުއްދަތަކަށް ހުއްޓާލުމުގެ ކުޅަދާނަކަން މި ސުތްޕަށް ލިބިފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.

‘ކްރިއޯބައޮލޮގީ’ މެގަޒިންގައި ޝާއިއު ކޮށްފައިވާ ލިޔުމެއްގައި ބަޔާން ކޮށްފައިވާ ގޮތުގައި، ސައިންސްވެރިން މި ސޫފިތައް ހޯދާފައި ވަނީ 1983 ވަނަ އަހަރު އެންޓާޓިކާއިންނެވެ. އަދި މި ސޫފިތައް 20- ޑިގްރީގައި 30 އަހަރު ވަންދެން ވަނީ ރައްކާކޮށްފައެވެ. ސައިންސްވެރިން ބުނެފައިވާ ގޮތުގައި، އެންމެ ފުރަތަމަ ގަނޑު ފިލުވައި ދިރުވީ ބިހަކާއި ސުތްޕެކެވެ. ސޫފި ދިރުވުމުގައި ކާމިޔާބު ވުމުން އިތުރު ސޫފިތައް ދިރުވީ ކަމަށާއި، އެއްދުވަހުގެ ތެރޭފައި ހުރިހާ އެއްޗެއްވެސް ހަރަކާތް ކޮށް ކާން މަސައްކަތް ކުރި ކަމަށް ބުނެފައިވެއެވެ.

އެއައްފަހު އޭގެތެރެއިން ބައެއް ސޫފި ބިސް އަޅާފައިވާ ކަމަށާއި އޭގެތެރެއިން މުޑުވައްވެ ވިހާފައިވަނީ 14 ބިސް ކަމަށްވެސް ލިޔުމުގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ސައިންސްވެރިންނަކަސް މަރުވެފައިވާއެއްޗެއްނުދޮރުވޭނެ 30 އަހަރު ގަނޑުވެފައިއޮތަސް ދިރުންހުރީމަ އެފިރުނީ…

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.