ޔޫރޯ 2020: (ގުރޫޕް އީ) ސްލޮވާކިއާ – ސްވިޑެން

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅޭ ގުރޫޕް އީގެ ދެވަނަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ސްލޮވާކިއާ އާއި ސްވިޑެން އެވެ. މި ދެ ޓީމު މިއަދުގެ މެޗަށް ނިކުންނައިރު، ގުރޫޕްގައި ފުރަތަމަ ކުޅުނު މެޗުން ސްކޮލަވާކިއާ ވަނީ ޕޮލެންޑް އަތުން 1-2 އިން މޮޅުވެފައެވެ. އަދި ސްވިޑެން ވަނީ ސްޕެއިންއާއި ދެކޮޅަށް ކުޅުނު މެޗުން 0-0 އިން އެއްވަރުވެފައެވެ.

ދެވަަނަބުރުން ޖާގައެއް ހޯދުމަށް މި މެޗަކީ ދެ ޓީމަށްވެސް މުހިއްމު މެޗެކެވެ. އެގޮތުން މިއަދުގެ މެޗުން ސްލޮވާކިއާ މޮޅުވެއްޖެނަމަ އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ޔަގީންވާނެއެވެ. އަދި ސްވިޑެން މި މެޗުން މޮޅުވެއްޖެ ނަމަ ދެވަނަ ބުރަށް ދިއުމަށް މަގުފަހިވެގެން ދާނެއެވެ. ނަމަވެސް މިއަދުގެ މެޗުން ސްވިޑެން ބަލިވެއްޖެ ނަމަ އެޓީމަށް ދެވަނަބުރަށް ދިއުމަށް އޮތް ފުރުސަތު ވަރަށް ބޮޑުތަނުން ހަނިވެގެންދާނެއެވެ.
މި ދެޓީމު ހިމެނޭ ގުރޫޕް އީއަށް ބަލާއިރު މި ގުރޫޕުގެ އެއްވަނާގައި ތިން ޕޮއިންޓާއި އެކު އޮތީ ސްލޮވާކިއާއެވެ. އަދި ދެވަނާގައި އޮތީ ސްޕެއިންއެވެ. ތިންވަނާގައި ސްވިޑެން އޮތްއިރު، ޕޮއިންޓެއް ނުލިބި އެންމެ ފުލުގައި އޮތީ ޕޮލެންޑެވެ.

އިޝްތިހާރު Below Header ad

ސްލޮވާކިއާ އަދި ސްވިޑެންގެ ތާރީޚީ ބައްދަލުކުރުންތައް

ސްލޮވާކިއާ އަދި ސްވިޑެން މީގެ ކުރިން ފަސްފަހަރު ވަނީ ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން ތިންފަހަރު ސްވިޑެން މޮޅުވެފައިވެއެވެ. ސްލޮވާކިއާއަށް ސްވިޑެންގެ މައްޗަށް އެއްވެސް މެޗަކުން ކުރި ހޯދިފައެއް ނުވެއެވެ. ދެމެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

ދެ ޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާތައް

ސްލޮވާކިއާ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ ދެ މެޗުންނެވެ. ތިން މެޗުން ވަނީ އެއްވަރުވެފައެވެ.
ސްވިޑެން އެންމެ ފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ މޮޅުވެފައެވެ. އެއްމެޗުން ވީއެއްވަރެވެ.
ސްވިޑެން އަދި ސްލޮވާކިއާ ގުރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖޭ ގަޑިން 6 ޖަހާއިރުގައެވެ. މި މެޗު ކުޅޭނީ ރަޝިއާގެ ކްރެސްޓޯސްކީ ސްޓޭޑިއަމްގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.