ދީނުގެ ޝިޢާރުތަަކަށް މަލާމާތްކޮށް ފުރައްސާރަ ކުރުމަކީ މުންކަރާތެއް: ޚުތުބާ

އިންސާނާ އުފެދުނީއްސުރެ ޝައިތާނާއަކީ އޭނާގެ ދުޝްމަނެއް ކަމަށާއި ޝައިތާނާއަކީ ނުރައްކާތެރި ހަތުރެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ޚުތުބާގައި ބުނީ ޝައިތާނާގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން ﷲ ގެ ރަހުމަތުން އޭނާ ދުރުކުރެއްވުނު ދުވަހުން ފެށިގެން މީސްތަކުން މަގުފުރެއްދުމުގެ މަސައްކަތް އޭނާ (ޝައިތާނާ) ފަށާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

“މި އުންމަތުގެ ތެރެއިން ބަޔަކު ޝައިތާނާގެ ވަސްވާސްތަކަށް ހެއްލި، ﷲ ނަހީ ކުރައްވާފައިވާ ކަންތައްތައް ކުރަމުންދާ އިރު، އެއުރެން ހެޔޮމަގަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން މަނާކުރުން ދީނުގައި މުހިންމުވަނީ މި ޙިކުމަތަށްޓަކާ. ﷲ ހަރާމްކުރައްވާފައިވާ ކޮންމެ ކަމަކީ މުންކަރާތެއް. ﷲއަށް އުރެދުމަކީ މުންކަރާތެއް.” ޚުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނެފައިވަނީ ދީނުގެ ޝިޢާރުތަަކަށް މަލާމާތްކޮށް ފުރައްސާރަ ކުރުމަކީ ވެސް މުންކަރާތެއް ކަމަށެވެ. އަދި އަމަންއަމާންކަން ނަގާލުމަކީ ވެސް މުންކަރާތެއް ކަމަށެވެ.

ޚުތުބާގައި ބުނީ ހައްގަކާއިނުލާ މީހުންގެ މުދަލަށާއި ފުރާނައަށާއި އަބުރަށް އަރައިގަތުމަކީ ވެސް މުންކަރާތެއް ކަމަށެވެ. އަދި ނުބައި އެންމެހާ ކަންކަން މަނާ ކުރުމަކީ އިސްލާމް ދީނުގައި ކުރަން އަންގަވާފައިވާ ކަމެއް ކަމަށެވެ.

މި އުއްމަތަކީ އެންމެ ހެޔޮ އުންމަތް ކަމުގައިވެފައިވަނީ ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީ ކުރާ ބަޔަކަށް ވާތީ ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.