ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީސް ހިންގެވުން ހޫދު އާ ހަވާލު ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީސް ހިންގެވުން، އިބްރާހީމް ހޫދުއާ ހަވާލުކުރައްވައިފި އެވެ.
އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓު ގެ މަގާމުގައި ހުންނެވި ހޫދު އާ ފޮރިން ރިލޭޝަންސް އޮފީސް ހިންގެވުން ހަވާލުކުރައްވާފައިމިވަނީ އެމަޤާމުގައި ހުންނެވި ޞަބްރާ އިބްރާހީމް ނޫރައްދީން، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވުމުން ނެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން އޮފީސްގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމުގައި އަދާކުރައްވަމުން ގެންދަވާ ހޫދު ހުންނެވީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ.