ޔޫރޯ 2020: ރައުންޑް އޮފް 16 އިން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް އިޓަލީ!

ޔޫރޯ 2020 ގައި އިޓަލީން މިރޭ ކުޅުނު މެޗު ވެސް ކާމިޔާބުކޮށް ދެވަނަ ބުރު ނުވަތަ ގަދަ 16 ޓީމުތަކުގެ ތެރޭގައި ފައި ހަމަކޮށްފި އެވެ.

އިޓަލީގެ ރޯމްގައި ކުޅުނު މެޗު އިޓަލީން ކާމިޔާބުކުރީ 3-0 ލަނޑުން ނެވެ.

އިޝްތިހާރު Below Header ad

މެޗުގެ 28 ވަނަ މިނެޓުގައި އިޓަލީއަށް ލީޑު ނަގައިދިނީ ޑޮމެނިކޯ ބެރާޑީ ދިން ބޯޅައަކުން މަނުއެލް ލޮކަޓެލީ އެވެ.

ދެވަނަ ހާފުގައިވެސް މެޗު ކޮންޓްރޯލް ކުރަމުން ދިޔަ އިޓަލީން 52 ވަނަ މިނެޓުގައި ލޮކަޓެލީ ޖެހި ދެވަނަ ގޯލާއެކު އިޓަލީ ލީޑު ފުޅާކުރި އެވެ. އަދި މެޗުގެ 89 ވަނަ މިނެޓުގައި އިމޯބިލޭ ވަނީ އިޓަލީގެ 3 ވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖާ ކަށަވަރުކޮށް، ގަދަ 16 ޓީމުގެ ގްރޫޕަށް ދިޔަ ފުރަތަމަ ޓީމުގެ ޝަރަފް ހޯދައިދީފަ އެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުތައް:

18:00 ޔޫކްރެއިން – ނޯތު މެސަޑޯނިއާ
21:00 ޑެންމާކް – ބެލްޖިއަމް
00:00 ނެދަލޭންޑްސް – އޮސްޓްރިއާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.