އައްޑުސިޓީ ހިތަދޫގައި 16 ގަޑި އިރަށް ކާފިއުގެ ވަގުތު އިތުރު ކުރަނީ!

އައްޑުސިޓީ ހިތަދޫގައި 16 ގަޑި އިރަށް ކާފިއުގެ ވަގުތު އިތުރު ކުރަން ނިންމައިފި އެވެ.

މިގޮތަށް ނިންމީ ހިތަދޫގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވާތީ، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައެވެ. އަދި ކާފިއުގެ ވަގުތު 16 ގަޑި އިރަށް އިތުރުކުރަން ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ނެވެ.

އިޝްތިހާރު Below Header ad

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ހަވީރު 4 އާ ހަމައަށް ހިތަދޫގައި ބޭރަށް ނުކުމެވޭނީ ޚާއްސަ ހާލަތުތަކެއްގައި އެކަނި ކަމަށެވެ.

“އެކަމަށް ޚާއްސަ ފާހެއް ވެސް ބޭނުން ވާނެ. އެހެންވެ ކާފިއު ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ހަވީރު 4 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 8 އަށް” މޭޔަރު ޢަލީ ނިޒާރު ވިދާޅުވި އެވެ.

އީއޯސީން ބުނީ ހިތަދޫގެ ކޮންމެ ގޭބިސީއަކަށް ދޫކުރާނީ ދެ ފާސް ކަމަށާއި އެހެންކަމުން ފާސް ނެތި ބޭރަށް ނުނިކުމެވޭނެ ކަމަށެވެ.

މި ފާސްތައް ދޫކުރާނީ އީއޯސީއަށް ހުށަހަޅައިގެން ފުލުހުން މެދުވެރިކޮށް ކަމަށާއި ގޭބިސީތަކަށް ދޫކުރާ ފާސްތަކުގެ ތެރެއިން އެއް ފާހުގައި އެކަކަށް ހެނދުނު 8:00 އިން މެންދުރު 12:00 އަދި އަނެއް ފާހުގައި ދެވަނަ މީހަކަށް މެންދުރު 12:00 އިން ހަވީރު 4:00 އަށް ބޭރުގައި އުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އީއޯސީން ބުނެ އެވެ.

އައްޑޫގެ އެހެން ރަށްރަށުގައި މިދިޔަ މަހުން ފެށިގެން ކާފިއު ހިންގަމުން އަންނަނީ ހަވީރު 4:00 އިން ފަތިހު 4:00 އަށެވެ.

މިހާރު މުޅި އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 82 ގައި ހުރި އިރު، ހިތަދޫގައި އެކްޓިވް ކޭސްގެ ޢަދަދަކީ 70 އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.