ރޮނާލްޑޯގެ ސަބަބުން ކޮކާކޯލާ ކުންފުންޏަށް 4 ބިލިއަން ޑޮލަރުގެ ގެއްލުމެއް!

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ފުޓްބޯޅައިގާ އެފަދަ ދެވަނައެއް ނެތް ތަރި އެކެވެ.

ދަނޑުމަތީގައާއި ދަނޑުން ބޭރުގައި އޭނާ ގެންގުޅޭ ކޮންމެ ހަރަކާތަކީ މީޑިއާގެ ސަމާލުކަމަށް އަންނަ ކަންކަމެވެ. އެގޮތުން ރޮނާލްޑޯގެ ވަރަށް އާދަޔާ ޚިލާފު ހަރަކާތެއް މިވަނީ ސޯޝަލް މީޑިއާގައި ވައިގާ ހިފާފަ އެވެ.

އިޝްތިހާރު Below Header ad

މިހާރުކުރިއަށްދާ ޔޫރޯ 2020 ގެ ގްރޫޕް އެފް ގެ ޕްރީ މެޗު ބްރީފިންގ ގައި އޭނާ ވަނީ މޭޒުމަތީގައި ހުރި ކޮކާކޯލާ ދެ ފުޅި ނަގާ ދުރަށްލާފަ އެވެ. އަދި ފެން ފުޅިއެއް ނަގާ ޕޯޒުގީޒު ބަހުން ވަރަށް ބާރަށް “އަކުއާ” އޭ ގޮވާލާފަ އެވެ.

މި ޕްރެސް ގައި ރޮނާލްޑޯ ނޫސްވެރިންނަށް މަޢުލޫމާތު ދީފައިވަނީ މި ފެން ފުޅި ހިފަހައްޓައިގެން އިނދެ އެވެ.

ރޮނާލްޑޯގެ މި ޢަމަލުގެ ސަބަބުން ކޮކާކޯލާ ކުންފުންޏަށް 4 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

YouTube player

ޔޫރޯ 2020 ގެ ގްރޫޕް އެފް ގެ ފުރަތަމަ މެޗުގައި ހަންގޭރީ އާ ވާދަކޮށް ޕޯޗުގަލް މޮޅުވެފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ގޯލާ ވެސް އެކުގަ އެވެ.

ހަންގޭރީގެ ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި ކުޅުނު މި މެޗުން ޕޯޗުގަލް މޮޅުވީ 3-0 މޮޅުވި އިރު، އެޓީމުގެ އަނެއް ލަނޑު ޖަހައިދިނީ މެޗުގެ 84 ވަނަ މިނެޓުގައި ރަފައެލް ގުއެރެއިރޯ އެވެ.

މި ދެ ލަނޑާއެކު ރޮނާލްޑޯ ވަނީ ޔޫރޯގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑު ހަދާފަ އެވެ. ފްރާންސްގެ ކުރީގެ ތަރި މިޝޭލް ޕްލެޓިނީގެ ރިކޯޑު ރޮނާލްޑޯ މުގުރާލީ 11 ލަނޑު ޖަހައިގެން ނެވެ. މީގެ އިތުރުން ރޮނާލްޑޯ ވަނީ އެންމެ ގިނަ ޔޫރޯގައި ކުޅުމާއި، ޔޫރޯގައި އެންމެ ގިނަ މެޗު ކުޅުމުގެ ރިކޯޑުތައްވެސް ހަދާފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ރޮނާލްޑޯ އެވެ.

ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް 174 މެޗު ކުޅެދީ 106 ގޯލް ޖަހައިފަ އެވެ. ދުނިޔޭގެ ތާރީޚުގައި ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮތް އިރާނުގެ އަލީ ދާއީގެ ރެކޯޑު މުގުރާލަން ރޮނާލްޑޯއަށް ބޭނުންވަނީ ތިން ގޯލެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.