ހުޅުމާލޭގައި އެޕޯލޯ އިން އަޅާ 1000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށައިފި

ހުޅުމާލޭގައި އެޕޯލޯ ހޯލްޑިންގސް އިން އަޅާ 1000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށައިފި އެވެ.

މިއީ ބޯހިޔާވަހިކަން އަތްފޯރާ ފަށަށް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރޭ ހިމެނިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އިޝްތިހާރު Below Header ad

މި މަޝްރޫއުގައި ހިމަނާފައިވާ 3 ރޭންޖަކީ ކައުންސިލް ހައުސިންގ އާއި އެފޯޓަބަލް ހައުސިންގ އަދި މިޑް ރޭންޖުގެ ހައުސިން ޔުނިޓުތަކެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން އަޅާ 1000 ޔުނިޓުގެ ތެރޭގައި ކައުންސިލް ހައުސިންގ އަށް ޚާއްސަ 120 ޔުނިޓާއި، އެފޯޯޑަަބަލް ހައުސިންގ އަށް ޚާއްސަ 220 ޔުނިޓު އަދި މިޓް ރޭންޖަށް 660 ޔުނިޓު ވަނީ ހިމަނާފަ އެވެ.

ކައުންސިލް ހައުސިންގ ގެ ފްލެޓުގެ ތެރޭ ހިމެނެނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމެންޓާއި 800 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމެންޓެވެ. އެފޯޑަބަލް ހައުސިންގ ގައި ހިމެނެނީ ދެ ކޮޓަރީގެ 650 އަކަފޫޓުގެ އެޕާޓްމެންޓާއި ތިން ކޮޓަރީގެ 900 އަކަފޫޓުގެ އެޕާޓްމެންޓެވެ.

މީގެ އިތުރުން މިޑް ރޭންޖުގައި ވަނީ ދެ ކޮޓަރީގެ 750 އަކަފޫޓުގެ އެޕާޓްމެންޓާއި ތިން ކޮޓަރީގެ 1000 އަކަފޫޓުގެ އެޕާޓްމެންޓެވެ.

ކޮންސެޕްޓް ޑިޒައިންގެ މަސައްކަތާއި މަޝްރޫއަށް ފައިނޭންސް ކުރާނީ އެޕޯލޯ ހޯލްޑިންގްސް ގެ ފަރާތުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.