މުސްލިމަކީ ކާފަރެކޭ ހަމަހުރެފައި ނުބުނެވޭނެ: ހިސާން

މުސްލިމަކީ ކާފަރެކޭ ހަމަހުރެފައި ނުބުނެވޭނެ ކަމަށާއި އެފަދަ ތުހުމަތެއް ކުރެވޭނަމަ ހިންގަން ޖެހޭނީ ޖިނާއީ އިޖުރާތު، ޖިނާއީ އަދުލުގެ ނިޒާމު ދައްކާފައިވާ މަގު ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އާންމު ތަނެއްގައި މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ހަދާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން ނެވެ.

އިޝްތިހާރު Below Header ad

ހިސާން ވިދާޅުވީ ވަކި މީހަކަށް ނިސްބަތްކޮށް އޭނާއަކީ ކާފަރެކޭ، ލާދީނީ މީހެއްކަމަށް ތުހުމަތުކޮށް އެގޮތަށް ލޭބަލް ކުރުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ. އަދި އެއީ މާތްވެގެންވާ އިސްލާމް ދީނުގައި ކަނޑައެޅިގެން ނަހީކޮށްފަ އޮންނަ ކަމެއް ކަމަށެވެ.

އެބިލް ހުށަހަޅުއްވާ މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ޝަރުއީ އުސޫލުތަކާ އެއްގޮތްވާ ގޮތުން މެނުވީ ބައެއް ކަހަލަ ތުހުމަތު އެއީ މީހުންގެ މައްޗަށް ކުރެވޭނެ ތުހުމަތު ތަކެއް ނޫން ކަމަށެވެ.

ހިސާން ވިދާޅުވީ އެބިލް އޮޅުވާލުމަށް ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށާއި މިއަދު ހުށަހެޅި ބިލް ގާނޫނު އުގޫބާތައް ގެނެވޭ އިސްލާހަކީ އުސާމަތުގެ ހާދިސާއިން ވިސްނުން ނަގާގެން ފަރުމާކޮށްފައިވާ ބިލެއް ކަމަށެވެ.

ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެއެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.

އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނަފްރަތު އުފެއްދުމުގެ ކުށެއް ގޮތުގައި އިތުރަށް ހިމަނާފައި ވަނީ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމާއި ސިޔާސީ ވިސްނުމަށް ބަލައި، އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ އެކަމަށް ރޭވުމެވެ.

އޭގެ އިތުރުން މީހެއްގެ ނަސްލަށް، ގައުމަށް ނުވަތަ ކުލަޔަށް ބަލައި އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދޭން ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 5 ޚިޔާލު ލިބިފައިވޭ

ޚިޔާލަށް ރައްދުދެއެްވާ Ahmed shafeeq ރައްދު ކެންސަލްކުރޭ!


ޚިޔާލުތައް:

    1. ހަމަ ހުރެފަ މީހަކާ ދިމާލަށް ލާދީނީއޭ މިހާ ރަކުވެސް ނުކިޔާ .އެމީހާގެ ފުށުން ލާދީނީ ސިފަތައް ފެންނާތީ ލާދީނީއޭ ކިޔަނީ. އިސްލާމް ދީނަށާ ރަސޫލާއަށް ފުރައްސާރަ ކުރުމާ ޤުރުއާނުން ހުކުމް އައިއްސަ ހުރި ކަންތަކާ ދެކޮޅަށް ވާހަކަ ދެއްކުން ފަދަ ، މިފަދަ މީހުނަށް ލާދީނީ ނުކިޔާ ކީކޭބާ ކިޔާނީ!

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.