ސުޝާންތުގެ މަރަށް އަހަރެއް: ރިއާގެ ދިރިއުޅުން އެކަނިވެރިވެ، ހުއްޓިފައި!

ބޮލީވުޑްގައި ކުރިއަރަމުން އައި ސުޝާންތު ސިންގް ރާޖްޕުޓް މަރުވިތާ މިއަދަށް އަހަރެއް ވީއިރުވެސް ސުޝަންތު ދުނިޔޭގައި ނެތްކަމުގެ އިހުސާސް ނުކުރެވޭ ކަމަށް އޭނާ މަރުވި އިރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރިއާ ޗަކްރަބަތީ ބުނެފި އެވެ.

ސުޝާންތު މަރުވެފައި ވަނީ އޭނާ މުމްބާއީގެ ބާންދްރާގައި ދިރިއުޅު އެޕާޓްމެންޓުގައި ދަންޖެހިގެންނެވެ. ސުޝާންތުގެ މަރުގެ މައްސަލައިގަ ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ ރިއާ އެވެ.

އިޝްތިހާރު Below Header ad

ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހު ރިއާ ޖަލާއި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އެ މައްސަލަ ގަނޑުގައި ތެރޭގައި އުޅެފައިވާއިރު އޭނާގެ މައްޗަށް ސުޝާންތު މަރާލައި ނުވަތަ ދަންޖެއްސުވީކަމުގެ އެއްވެސް ހެއްކެއް ނުފެނުނެވެ. އޭގެ ފަހުން ސުޝާންތުގެ އާއިލާއިން ބުނީ އޭނާގެ ނުފޫޒުން ސުޝާންތު އަމިއްލައަށް ދަންޖެހެން މަޖުބޫރު ކުރުވީ ކަމަށެވެ.

އޭގެ ފަހުން ރިއާގެ އަޑު މާބޮޑަށް ނީވި ހުރުމަށް ފަހު ސުޝާންތުގެ މަރަަށް އަހަރެއްވީ ދުވަސް ކަމަށްވާ މިއަދު އޭނާ އިންސްޓަގްރާމްގައި ވަނީ އަސަރުގަދަ ޕޯސްޓެއް ކޮށްފައި އެވެ. އެ ޕޯސްޓާއި އެކު ދެމީހުން އެކުގައި ތިބި ފޮޓޯއެއް އާންމު ކޮށްފައިވެ އެވެ.

ރިއާގެ ޕޯސްޓުގައި ބުނެފައިވަނީ އެންމެ ވަގުތުކޮޅެއްގައިވެސް ސުޝާންތު ދުނިޔޭގައި ނެތްކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ގާތް މީހުން އޭނާކައިރީ ބުނީ ދުވަސް ވާވަރަކަށް ސުޝާންތުގެ ހަނދާން ތަކާއި ދުރަށް ދެވޭނެ ކަމަށާއި އެކަަކަމު އެކަން ނުވިކަމަށާއި ސުޝަންތަކީ އޭނާގެ ހުރިހާ ވަގުތާއި ހުރިހާ އެއްޗެއް ކަމަށް ބުނެފައިވެ އެވެ.

ރިއާ ބުނީ ސުޝަންތާއި ނުލާ އޭނާގެ ދިރިއުޅުން ހުއްޓިފައިވާ ކަމަށެވެ. އަދި ދުނިޔޭގައި ހުރުމުގެ މާނައެއް ނުފެންނަ ކަމަށެވެ.

ރިއާ ބުނެފައިވަނީ އެ ދިގު ލިޔުން ލިޔުނު އިރު ހިތަށް ވަރަށް ތަދުވި ކަމަށެވެ. އަދި ވަރަށް ހަނދާން ވާ ވާހަކާއި އަދިވެސް އެއީ އޭނާ އެންމެ ލޯބިވާ މީހާގެ ގޮތުގައި ފާހަގަކޮށް ލޯބީގެ ތަފާތު ވާހަކަތައް ލިޔެފައިވެ އެވެ.

ސުޝާންތުގެ މަރުގެ މައްސަލައިގެ ތަހުގީގު މިހާރު ވަނީ އެއްކޮށްހެން ހުއްޓިފަ އެވެ. އެ ދުވަސްވަރު ވަރަށް ބާރަށް ކުރިޔަށް ގެންދިޔަ އެ ތަހުގީގު އެނބުރުނީ ބޮލީވުޑްގެ މަސްތުވާތަކެތި ބޭނުން ކުރާ ތަރިންނާއި ދިމާލަށެވެ.

އަދި ސުޝާންތުވެސް މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ހެކި ފުލުހުން ހޯދިއިރު ރިއާގެ ބޭބެ ޝޯވިކް ޗަކްރަބަތީ ވަނީ ސުޝާންތައް މަސްތުވާ ތަކެތި ހޯދައިދީ ބޮޑު ޑްރަގް ނެޓްވޯކަކާއި ގުޅުން އޮންނަ ކަމަށް ފަޅާއަރައިގެން ހައްޔަރުކޮށްފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.