އަމިއްލަ ޓީވީ އެޑްއޮން އެކްޓިވޭޓްކޮށްގެން ދިރާގު ކަސްޓަމަރުންނަށް ޔޫރޯ ބެލުމުގެ ފުރުސަތު!

‘ދިރާގު އަމިއްލަ ޕޯސްޕެއިޑް’ ކަސްޓަމަރުންނަށް ‘އަމިއްލަ ޓީވީ’ އެޑްއޮން އެކްޓިވޭޓް ކޮށްލައިގެން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން ބުނީ މި އަހަރު ކުރީކޮޅު ތައާރަފުކުރި މި އާ ޕްލޭނަކީ ކަސްޓަމަރުންނަށް އެމީހެއްގެ ބޭނުންތަކަށް ޚާއްސަކޮށްގެން ވަރަށް ފަސޭހަކަމާއެކު ކަސްޓަމައިޒް ކޮށްލެވޭނެ ޕްލޭނެއް ކަމަށެވެ.

އިޝްތިހާރު Below Header ad

އެ ކުންފުނިން ބުނީ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުންވާ ގޮތަކަށް ސެޓްކޮށްލެވޭނެ ކަމަށެވެ. އަދި މުޅިން އަލަށް ތައާރަފުކޮށްފައިވާ “ވެލިއު ޕްކެސް” އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، މި ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ޚިޔާރު ކުރެވޭނެ ކަމަށެވެ.

ވެލިއު ޕެކްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި މުޅިން އާ ސްޓްރީމިންގ އެޑްއޮންސް ދިރާގު ޓީވީ، ދިރާގު ޕްލޭ، ނެޓްފްލިކްސް، އެމޭޒަން ޕްރައިމް، ޔޫޓިއުބް އަދި ޓިކްޓޮކަށް ހިމެނިގެންދާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ. އަދި ރާއްޖެއިން ބޭރަށް ގުޅުއްވާ ކަސްޓަމަރުންނަށް ޚާއްސަކޮށް އައިޑީޑީ ވެލިއު ޕްކްސްވެސް ހިމަނާފައިވާ ކަމަށެވެ.

ދިރާގުގެ އެކި އެކި ޚިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ. އަދި ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ދިވެހިންގެ ތެރޭގައި އެންމެ ފަހުގެ އަދި މަގުބޫލު މުނިފޫހިފިލުވުގެ ހަރަކާތްތައް ޑިޖިޓަލް ޒައްރިއްޔާ މެދުވެރިކޮށް ގެނެސްދިނުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.