ފިޔަވަޅުތަކަށް ލުއި ދިނުމަށް އަންނަނީ މަޝްވަރާ ކުރަމުން: މަބްރޫކް

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް މަޝްވަރާ ކުރަމުން އަންނަކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެންމެ ފަހުން އެޅި ފިޔަވަަޅުތަކަށް މި ހަފްތާ ނިމޭ އިރު ލުއިތަކެއް ދޭން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އިޝްތިހާރު Below Header ad

އެހެންނަމަވެސް ދޭނީ ކޮންކޮން ލުއިތަކެއް ކަން އެނގޭނީ މަޝްވަރާތައް ނިމުމުން ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި މަޝްވަރާ ކުރަމުން އަންނަނީ ދެވެން އޮތް އެންމެ ބޮޑެތި ލުއިތަކެއް ދިނުމަށް ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

” ނަމަވެސް ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން މިހާތަނަށް ދިން އެންމެ ބޮޑެތި ލުއިތައް މިފަހަރު ދޭ ލުއީގެ ތެރޭގައި ނުހިމެނޭނެ. ވެކްސިނުގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް ވެސް އަދި ލުއި ނުދޭނެ.” މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އެންމެ ފަހުން އެޅި ފިޔަވަޅުތަކުގެ މުއްދަތު މި ހަފްތާގައި ހަމަވާނެ އެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި 16 ގަޑިއިރު ކާފިއު ހިންގުމާއި ކާފިއު ނޫން ވަގުތުތަކުގައި ވެސް ބޭރަށް ނުކުތުމަށް ފާހެއް ބޭނުން ކުރުން ހިމެނެ އެވެ. އަދި ސްކޫލަތަކަށް ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުން ވެސް ވަނީ ހުއްޓާލާފަ އެވެ.

މީގެ އިތުރުން ކެފޭ ރެސްޓޯރަންޓްތަކުގައި ތިބެ ކައިބޮއެ ހެދުން ހުއްޓާލާ، ކުޅިވަރު ކުޅުން ހުއްޓާލައި ސެލޫން އަދި ޖިމްތަކުން ވެސް ޢާންމުންނަށް ޚިދުމަތް ދިނުން ވަނީ މެދުކަނޑާލާފަ އެވެ.

މި ފިޔަވަޅުތައް އެންމެ ފުރަތަމަ އަޅާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ދެ ހަފްތާގެ މުއްދަތަަކަށެވެ. އެ މުއްދަތު ހަމަވުމުން މިހާރު ވަނީ އެއް ހަފްތާއަށް އެ މުއްދަތު އިތުރު ކޮށްފައެވެ. މި މުއްދަތު ހަމަވާނީ މި މަހުގެ 16 އަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.