ހާސްވާނެކަމެއް ނެތް، ކޮޕަ އެމެރިކާ ވެސް ދިރާގު ޓީވީ އަދި ދިރާގު ޕްލޭ އިން ބަލައިލެވޭނެ!

ބްރެޒިލްގެ ވެރިރަށް ބްރެޒިލިއާގައި މިމަހު ފެށުމަށް ހަމަޖެހިފައިވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ދިރާގު ޓީވީ އަދި ދިރާގު ޕްލޭ މެދުވެރިކޮށް ބަލައިލެވޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން ބުނީ 14 ޖޫން ގައި ފަށާ ކޮޕާ އެމެރިކާގެ ހުރިހާ މެޗެއްވެސް ދިރާގު ޓީވީގެ ސޮނީ ޓެން 2 އެޗް ޑީ އަދި ދިރާގު ޕްލޭ މޮބައިލް އެޕްލިކޭޝަނުން ބަލާލެވޭނެ ކަމަށެވެ.

އިޝްތިހާރު Below Header ad

މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ހިމޭނޭ ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް “ހައި ޑެފިނީޝަން (އެޗްޑީ)” ކޮލިޓީގައި އެއް ޑިވައިސް އަށްވުރެ ގިނަ ޑިވައިސް އިން އެއްފަހަރާ، އެއް ޔޫސަރ ނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން މެޗްތައް ބަލާލެވޭނެ އެވެ.

އެގޮތުން ދިރާގު ޓީވީ ކަސްޓަމަރުން ތެރެއިން ބޭސިކް ޕެކޭޖުން ފެށިގެން މަތީގެ ޕެކޭޖްތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެވެސް މެޗްތައް ފަސޭހަކަމާއެކު ބަލާލެވޭނެ އެވެ. އަދި ދިރާގު ޕްލޭ އެޕް މެދުވެރިކޮށް، ޖީ. އެސް. ޓީ ނުލާ މަހަކު އެންމެ 65 ރުފިޔާއަށް މެޗްތަކުގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯންފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެވެސް ބަލާލެވޭނެ އެވެ.

ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ޚަރަދެއް ނުހިނގާ ބަލާލެވޭނެ ކަމަށް ވެސް ދިރާގުން ބުނެއެވެ. އަދި ދިރާގު މޮބައިލް ކަސްޓަމަރުން ގޭގައި ތިބޭ މި ދަނޑިވަޅުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުންމި ގިނަ އޮފަރތަކެއް އެ ކުންފުނިން ވަނީ ތައާރަފު ކޮށްފަ އެވެ.

އެގޮތުން، ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުން “އަމިއްލަ ޓީވީ” އެޑް އޮން އެކްޓިވޭޓްކޮށް، ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްލައިގެންވެސް ދިރާގު ޓީވީ ބަލާލެވޭނެ އެވެ. އަދި ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކުން އިތުރު 50% ޑޭޓާ ޖޫން 2021 ގެ ނިޔަލަށް ލިބިގެންދާނެ އެވެ.

މި މަހަކީ ފުޓުބޯޅަ ފޭނުންނަށް ވަރަށް ޚާއްސަ މަހަކެވެ. އެއީ ޔޫރޯ 2020 ފެށުނުތާ 2 ދުވަސް ފަހުން ކޮޕާ އެމެރިކާ 2021 ވެސް ފެށޭތީ އެވެ.

ދިރާގުޓީވީ އިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓާއި އޮފަރތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.