ޕިއުބަޓީގެ ވާހަކަ ދައްކަން ރަނގަޅީ ހެލްތް އެޑިއުކޭޝަންގެ ތެރެއިން: މެޑަމް ފަޒުނާ

ޕިއުބަޓީގެ ވާހަކަ ދައްކަން ރަނގަޅީ ހެލްތް އެޑިއުކޭޝަންގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މެންސްޓްރުއަލް ހެލްތު އެޑިއުކޭޝަން އެންޑް ސަސްޓެއިނަބަލް ޕީރިއަޑް” އާ ގުޅޭ ގޮތުން ބޭއްވި ވެބިނަރގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނެވެ.

އިޝްތިހާރު Below Header ad

މި ވެބިނާގެ ޕޮލިސީ ލެވެލްގެ ބޭފުޅުން ހިމެނޭ ޕެނަލް ޑިޝްކަޝަންގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޕިއުބަޓީއާ ބެހޭގޮތުން ކުދިން ހޭލުންތެރިކުރުވުމުގެ މައިގަނޑު ސަބަބުތައް ފާހަގަކުރައްވާފަ އެވެ.

އެ ގޮތުން ޕިއުބަޓީއާ ގުޅިގެން ޖިސްމާނީ ގޮތުންނާ ބައޮލޮޖިކަލް ގޮތުން އަންހެން ކުދިންނާ ފިރިހެން ކުދިންގެ ހަށިގަޑަށް އަންނަ ބަދަލުތަކާ ގުޅޭ ޞައްޙަ މަޢުލޫމާތު ކުދިންނަށް ފޯރުކޮށްދޭންޖެހޭކަމާއި މިއީ އުފަންވެނި ޞިއްޙަތާ ގުޅުންހުރި ކަމަކަށް ވާތީ މި ކަމުން ދިމާވެދަނެ ކަންކަމަށްޓަކާ ކުއްޖާގެ އުމުރާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ މެންސްޓްރުއޭޝަން އަކީ އަމިއްލަ ސާފު ތާހިރުކަމާ ތިމާވެށީގެ ސާފުތާހިރުކަމާ ވެސް ގުޅިފައިވާ ކަމަކަށް ވާތީ ޕީރިއަޑް ވުމުން ކަންކުރަންވީ ގޮތްވެސް ކިޔާދޭން ޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ ކުއްޖާގެ އުމުރާ އެ މުޖުތަމަޢެއްގެ މާޙައުލާ ގުޅޭގޮތުން ކަންކަން ކުރުމުގައި ދަތިތައް ދިމާވާކަމުގައެވެ. އަދި ޕިއުބަޓީގެ ވާހަކަ ދައްކަން ރަނގަޅީ ހެލްތް އެޑިއުކޭޝަންގެ ތެރެއިން ކަމަށް ތަޖުރިބާ ކާރުން ވިދާޅުވާ ކަމަށް ވެސް މެޑަމް ފަޒުނާ ވިދާޅުވި އެވެ. އަދި މުޅި މުޖުތަމަޢަށް ފައިދާވާގޮތަށް މިކަން ކުރެވޭނީ ބެލެނިވެރިންގެ ރުހުމާ އެއްބާރުލުމާއެކު ސްކޫލް ކަރިކިއުލަމްގެ ތެރެއިންކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕީރިއަޑް ޓެބޫއަށް އެޑްރެސް ކުރެވޭނެ ގޮތްތަކަށް އަލިއަޅުއްވާ ވިދާޅުވީ މިފަދަ ކަންކަމަށް ވަކާލާތުކޮށް އުޞޫލުތައް ކަޑައަޅާއިރު އެކި ކަންކަމަށް ބޭނުން ކުރާނެ އެކަށީގެންވާ ދިވެހި ބަސް ހުންނަންޖެހޭ ކަމަށެވެ.

ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަންއާއި، ޒީރޯ ވޭސްޓު މޯލްޑިވްސް ގުޅިގެން ޔުނައިޓްޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) ގެ އެއްބާރުލުމާއިއެކު ހޮނިހިރު ދުވަހުގެ ރޭ ކުރިޔަށްގެންދިޔަ މި ވެބިނާގައި ސަރުކާރުގެ ޕޮލިސީ ލެވެލްގެ ބޭފުޅުންނާއި، ޞިއްޙީ ދާއިރާ ތަމްޞީލުކުރައްވާ ބޭފުޅުންނާއި، މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ބޭފުޅުންނާއި، މި ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.

“މެންސްޓްރުއަލް ހެލްތު ޑޭ” ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 28 ވަނަ ދުވަހެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.