ރައީސް ނަޝީދުގެ ބޮޑީގާޑުން 241 ކޮމެޓީއަށް ހާޟިރުކޮށްފި
ރައީސް ނަޝީދުގެ ބޮޑީގާޑުން 241 ކޮމެޓީއަށް ހާޟިރުކޮށްފި އެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ރައީސް ނަޝީދުގެ ބޮޑީގާޑުން ހާޟިރުކުރަން ފަށާފައި މިވަނީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެންނެވެ.
މި ހަމަލާއާއި ގުޅިގެން ރައީސް ނަޝީދުގެ ބޮޑީގާޑުން 241 ކޮމިޓީއަށް ހާޟިރުކޮށް އިންކުއަރީ ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ކަމަށްވާތީ ބޮޑީގާޑުންނާ ކުރެވުނު ސުވާލުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް މިހައިތަނަށް ސާފުވާގޮތެއް ނުވެއެވެެ.
ހަމަލާ ދިން ރޭ ރައީސް ނަޝީދުއާ އެކު އެމްއެންޑީއެފް ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ)ގެ ތިން އޮފިސަރު ތިއްބެވި ކަމަށް މައުލޫމާތު ލިބެ އެވެ. ހަމަލާއާއި ގުޅިގެން ދެ އޮފިސަރަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލުން ފަރުވާ ވެސް ހޯދާފައިވެ އެވެ.
ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓާ އެސްޕީޖީގެ ސިފައިންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރަ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފާއި، ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ފުލުހުންގެ މުއައްސަސާގެ އިސްވެރިންވެސް މިހާރު ވަނީ ކޮމިޓީއަށް ޙާޒިރުކޮށްފައެވެ. އަދި ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމާއި މާލެސިޓީގެ ކުރީގެ މޭޔަރު ސިފާ މުޙައްމަދުވެސް ކޮމިޓީއަށް ހާޟިރުކޮށްފައި ވެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވާން ކަމަށް ބުނެ އެމްޑީޕީގެ ގައުމީ މަޖިލީހުން މިހާރު ވަނީ “މޭ 6” ގެ ނަމުގައި ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލާފަ އެވެ.
Thiya commity in mas ala balaa hukum ivvee ma ragalhu vaane. Vedhun