ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކަށް 1 ބިލިއަން ޑޯޒް ވެކްސިން ޖީ7 ގެ ގައުމުތަކުން ދެނީ

ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކަށް 1 ބިލިއަން ވެކްސިން ޑޯޒް ޖީ7 ގެ ގައުމުތަކުން ދިނުމަށް އެއްބަސްވެއްޖެ އެވެ.

މި އެއްބަސްވުން ނިންމާފައިވަނީ ކެނެޑާ، ފްރާންސް، ޖަރުމަނުވިލާތް، ޖަޕާން، އިނގިރޭސިވިލާތް އަދި އެމެރިކާ ހިމެނޭގޮތަށް ކުރިއަށްގެންދާ ބައްދަލުވުމުގަ އެވެ. އަދި ދެ އަހަރު ދުވަހުގެ މުއްދަތަކަށްފަހު އެއްތަނަކަށް އެއްވެ، ޖީ ސެވަން ބައްދަލުވުންތައް ފަށާފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ.

އިޝްތިހާރު Below Header ad

އަންނަ އަހަރު ނިމެންވާއިރަށް 100 މިލިއަން ޑޯޒް ހަދިޔާކުރާނެކަމަށް އިނގިރޭސިވިލާތުން ބުނެފައިވާ އިރު، މަދުން އާމްދަނީ ލިބޭ ޤައުމުތަކަށް ފައިޒާ އަދި ބަޔޯއެންޓެކްގެ 500 މިލިއަން ޑޯޒް ހަދިޔާކުރާނެކަމަށް އެމެރިކާއިން ބުނެފައިވެއެވެ.

ޖީ ސެވަން ބައްދަލުވުންތަކުގައި އީޔޫ ތަމްސީލުކުރާ ޔޫރަޕިއަން ކޮމިޝަންގެ ރައީސް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަން ނައްތާލުމަށް މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ދަށުން އިޔޫއިންވެސް ބައިވެރިވާނެ ކަމަށެވެ.

ކޮވިޑު ބަލިމަޑުކަމުގެ ސަބަބުން މުޅިދުނިޔެއިން 174 މިލިއަން މީހުންނަށް ބަލި ޖެހިފައިވާއިރު، 3.7 މިލިއަން މީހުން މި ބަލީގައި މަރުވެފައިކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.