މީހަކު ނެގި ފޮޓޯއެއް 10 އަހަރު ފަހުން ގޫގުލްގެ ލޮލަށް ފެނިއްޖެ، ފޮޓޯ ގަތް އަގު އެނގޭތަ!

އިނގިރޭސިވިލާތުގެ އައްސޭރިފަށުގެ ޓައުނެއް ކަމަށްވާ ބްރިޓްލިންގްޓަން މީގެ 10 އަހަރު ކުރިން އަންހެނަކު ނެގި ފޮޓޯއެއްގެ އަގު އޭނާއަށް އެނގުނީ އިހަކަށް ދުވަހު އެވެ.

ހަނާ ހަޒްފޯޑު ނެގި އެ ފޮޓޯގައި ފެންނަނީ ސީގަލްއެއް ޗިޕްސް ކޮޅެއް ކާލާތަނެވެ. އެ ފޮޓޯ އެ ދުވަހު އޭނާ އިންޓަނެޓަށް އަޕްލޯޑު ކުރި ނަމަވެސް ގޫގުލް އަށް ފޮޓޯގެ މޮޅު ކަމާއި ތަފާތުކަން ފެނުނީ ވަރަށް ފަހުންނެވެ.

އިޝްތިހާރު Below Header ad

ހަނާ މީޑިއާގައި ބުނިގޮތުގައި ފޮޓޯ ގަންނަން ގޫގުލްއިން ގުޅުމުން އޭނާއަށް ގަބޫލު ކުރަން ދަތިވިކަމަށެވެ. އޭނާ ބުނީ ފޮޓޯ ގޫގުލްއަށް ވިއްކީ ގަބޫލު ކުރަން ދަތިވި އަގަކަށް ކަމަށާއި އެކަމަކު އެ އަގަކީ ސިއްރެއް ކަމަށެވެ.

ގޫގުލްއިން އެންމެ ފަހުން ނެރެފައިވާ އިޝްތިހާރުގައި ބޭނުން ކުރަމުންދަނީ އެ ފޮޓޯ އެވެ. އެ ފޮޓޯ ގޫގުލްއިން ބޭނުން ކުރުމުގެ ހުއްދަ ހަނާ ދީފައިވަނީ ވަކި މުއްދަތަކަށެވެ.

118887695 untitled 1

ގޫގުލް އިޝްތިހާރު ކުރުމަށް އިރަލޭންޑާއި އިނގިރޭސިވިލާތުގެ ބިލް ބޯޑުތަކުގައި އެ ފޮޓޯ ބޭނުން ކުރާނީ 30 ދުވަހު އެވެ. އަދި އޮންލައިންކޮށް އެ ފޮޓޯ އެއް އަހަރު ދުވަހު ބޭނުން ކުރާނެ އެވެ.

ހަނާ ބުނީ އެ ފޮޓޯ ނެގި ދުވަހު ޗިޕްސް ކޮޅު ކާލާއިގެން ސީގަލް ދިޔައީ ކަމަށެވެ. ހަނާ އަކީ ކާރު ވިއްކާ ކުންފުންޏެއްގެ ސޭލްސްވުމެންއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ.

ގޫގުލް އިން އޭނާގެ ފޮޓޯ ގަނެ، އެ ފޮޓޯ އިޝްތިހާރުތަކުގައި ބޭނުންކުރުމުން ކުރެވެނީ ވަރަށް މަޖާ އިހުސާސެއް ކަމަށް ހަނާ ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.