ރާނީ ކޭކު ފަޅަން ބޭނުންފުޅުވީ ކަނޑިއަކުން

ޖީ7 ސަމިޓުގެ ބައިވެރިންނަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެދުވަހު ހާޒިރުވެތިބި ބައިވެރިން ހެއްވާލީ އެދުވަހަށް ހާއްސަކޮށް ގެނެސްފައިވާ ކޭކެއް ފެޅުމަށް އިނގިރޭސީ ރާނީ އުޅުއްވި ގޮތުންނެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުތަކަށް ބާއްވާ ޖީ7 ސަމިޓުގައި ބައިވެރިވި ފަރާތްތަކަށް އިނގިރޭސި ރާނީ އެލިޒަބެތުގެ ފަރާތުން ހުކުރު ދުވަހު ކޯންވޯލްގައި ބޭއްވި ހާއްސަ ފަރިއްކޮޅެއްގައި އެދުވަހަށް ހާއްސަކޮށް ގެނެސްފައި ހުރި ކޭކު ފަޅަން ރާނީ ބޭނުންފުޅުވީ ރާނީގެ ހާއްސަ 2 ފޫޓު ބައި ގެ ޝާހީ ބޮޑު ކަނޑިއަކުންނެވެ.

އިޝްތިހާރު Below Header ad

މިކަން ވެގެން ދިޔައީ އެވަގުތު އެތާނގައި ހާޒިރުވެތިބި އެންމެހާ ފަރާތްތައް ހެއްވާލި ކަމަކަށެވެ.

ކަނޑިން ކޭކު ފެޅުމަށް ރާނީއަށް އުނދަގޫފުޅުހެން ހީވުމުން އެތަނުގައި ވަޅިއެއްވެސް އެބައޮތް ކަމަށް ކައިރީގައި ހުރި އަންހެނަކު ބުނެއެވެ. ޖަވާބުގައި “ވަޅިއެއް އޮތްކަން އެނގޭ ކަމަށް” ރާނީ ދަންނަވައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި 7 ޤައުމަށް ބޭއްވުނު މިސަމިޓުގެ ބައިވެރިންނަށް ބޭއްވި ރަސްމިއްޔާތުގައި އިނގިރޭސި ރާނީ ވަނީ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންއާއިވެސް ބައްދަލު ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި އިނގިރޭސި ރާނީއާއިއެކު ޝާހީ އާއިލާގެ އެހެން ބައެއް މެމްބަރުންވެސް ބައިވެރި ވެފައިވެއެވެ. އޭގެ ތެރޭގައި ރާނީގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސްއާއި އޭނާގެ އަނބިކަނބަލުން ކެމީލާ، އަދި ރާނީގެ މާމަ ދަރިކަލުން ޕްރިންސް ވިލިއަމްއާއި އޭނާގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން ހިމެނެއެވެ.

މިއީ ފާއިތުވި އެޕްރިލް މަހު ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕްގެ ޖަނާޒާއަށް ފަހު ޝާހީ އާއިލާ އެއްކޮށް ރަސްމިއްޔާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.