ބީއެމްއެލް އިން ޖޫން 17 އާ ހަމައަށް ޚިދުމަތް ދޭ ގަޑިތައް އިޢުލާން ކޮށްފި

ބޭންކް އޮފް މޯލްޑިވްސ (ބީއެމްއެލް) އިންް ޖޫން 17 އާ ހަމައަށް ޚިދުމަތް ދޭ ގަޑިތައް އިޢުލާން ކޮށްފި އެވެ.

އެ ބޭންކުން ބުނީ 13 ޖޫން އިން ފެށިގެން 17 ޖޫން އާ ހަމައަށް ބޭންކުގެ މަސައްކަތު ގަޑިތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

މިގޮތަށް ނިންމީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ އުސޫލޫތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރައްވާފައިވާ އިޢުލާނާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތްދިނުމަށްޓަކައި ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.

އެ ބޭންކުން ބުނީ މި މުއްދަތުގައި ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ބަންދުވާނެ ކަމަށެވެ. ނަމަވެސް ކާޑު ދޫކުރުމަށް ކަަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.

“އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށް ކާޑު ދޫކުރަމުގެ ޚިދުމަތްދެމުންދާނެ. އަދި ކާޑު ދޫކުރުމަށް ހުޅުމާލެ ބްރާންޗްވެސް ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން 2:00 އަށް ހުޅުވުމަށް ވަނީ ނިންމާފަ.” ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން  ބުނީ، އޭޓީއެމް މެދުވެރިކޮށް ޢާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށެވެ.

ކަސްޓަމަރުންނަށް މެދުނުކެނޑި ޚިދުމަތް ދިނުމުގެ ގޮތުން ހުކުރު، ހޮނިހިރު ފިޔަވައި، އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ އިރު، އޭގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ޚިދުމަތްދިނުން އަދި އޭޓީއެމްއަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ހިމެނޭ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައްކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފަރގެ ޚިދުމަތާއި (އޭސީއެޗް އަދި އާރްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.