ހައްޖުގައި ބައިވެރިވެވޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ސައުދީގައި ދިރިއުޅޭ 60،000 މީހުންނަށް

މިއަހަރު މާތްވެގެންވާ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ކޯވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ60،000 މީހުންނަށް ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ކަނޑައަޅައިފި އެވެ.

ސައުދީގެ ހައްޖު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރަން ބޭނުންވާ ސައުދީ އަދި ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މުސްލިމުން ވާންޖެހޭނީ ދިގު މުއްދަތަކަށް ފަރުވާ ކުރަންޖެހޭ ބައްޔެއް ނުހުންނަ ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތަކަށް ކަމަށެވެ. އަދި ހައްޖަށް ދެވޭނީ އުމުރުން18 އަހަރާއި65 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށް ކަމަށެވެ.

އިޝްތިހާރު Below Header ad

އެ މިނިސްޓްރީން ބުނީ މަޝްވަރާ ކުރުމަށް ފަހު މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިޔަށް ގެންދާނެ ގޮތްތަކެއް ކަނޑައަޅާފައި މިވަނީ ކޯވިޑް-19 ގައި ދުނިޔޭގެ މިހާރުގެ ހާލަތަށް ބެލުމަށް ފަހު ކަމަށެވެ. އަދި ބައެއް ގައުމުތަކުގައި ކޯވިޑްގެ ހާލަތަށް ލުއި އަންނަމުން ދިޔަނަމވެސް އާ ވޭރިއެންޓުތައް ފެތުރުމަކީ ބަލި ފެތުރުމަށް މަގުފަހިވަމުންދާ ކަމަކަށްވާތީ ކަމަށެވެ.

ކޯވިޑާއި ގުޅިގެން ހައްޖުވެވޭ މީހުންގެ އަދަދު އެންމެ ފުރަތަމަ ލިމިޓު ކުރީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ހައްޖުވުމުގެ ފުރުސަތު ދިނީ ސައުދީގައި ދިރިއުޅޭ 160 ގައުމެއްގެ މުސްލިމުންނާއި ސައުދީ ރައްޔިތުންގެ ތެރެއިން އެންމެ 1،000 މީހުންނަށެވެ.

ހައްޖުގެ މަތިވެރި އަޅުކަމަކީ އިސްލާމް ދީނުގެ ފަސްވަނަ ރުކުނެވެ. ކޯވިޑް ފެތުރެން ފެށުމުގެ ކުރިން ކޮންމެ އަހަރު25 މިލިއަން މީހުންނަށް ހައްޖުވުމުގެ ފުރުސަތު ސައުދީން ދެވެ އެވެ.

ސައުދީގެ ކޯވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު މިހާތަނަށް އެ ގައުމުން ކޯވިޑް ޖެހިފައިވަނީ463،000 މީހުންނަށެވެ. އޭގެ ތެރެއިން 7،536 މީހުން ވަނީ މަރުވެފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.