އިއްލެގެ ‘މަޒްލޫމް’ ގެ ޓީޒަރ ދައްކާލައިފި، ބަލައިނުލާ ދޫކޮށްލާ ވަރެއް ނޫން!

އިލްޔާސް ވަހީދު ނުވަތަ އިއްލެ އަކީ މި ފަހުގެ ތާރީޚުގައި ދިވެހި ފިލްމީ ޖައްވަށް އިންގިލާބެއް ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރެކެވެ.

އޭނާގެ ފުރަތަމަ ޑައިރެކްޝަން “ބަވަތި” އަދި ‘ނީނާ’ އަކީ މިކަމުގެ ހެއްކެވެ.

އިޝްތިހާރު Below Header ad

ކޮވިޑު ބަލީގެ ސަބަބުން ފިލްމީ ދާއިރާއަށް އައިސްފައިވާ ހީނަރުކަމާއެކު ވެސް އިއްލެ މިވަނީ އެ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ފަށާފަ އެވެ. ނުވަތަ ބެލުންތެރިންނަށް މަގްބޫލު ފިލްމާއި ޑްރާމާ ހަދައި، ގެނެސްދެވިދާނެކަން އަންނަނީ ދައްކައިދެމުން ނެވެ.

އެގޮތުން ކަޒްމިކް އިންޓަރނޭޝަނަލް‘ އާއި އައި ފިލްމްސް ގުޅިގެން ގެނެސްދޭ ކުރު ފިލްމު ”މަޒްލޫމް“ ގެ ފުރަތަމަ ޓީޒަރ މިވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ. އަދި ސްޕޮންސަރކުރުމަށާއި ސްޓްރީމް ކުރުމުގެ ރައިޓްސް ގަތުގެ ފުރުޞަތު ވަނީ ހުޅުވާލާފަ އެވެ.

އެޓޯލް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން އިއްލެ ވިދާޅުވީ މިއީ ’ކަޒްމިކް އިންޓަރނޭޝަނަލް‘ އާއި ’އައި ފިލްމްސް‘ އާ ދެބައިމީހުންވެގެން ކުރު ފިލްމެއް ކަމަށެވެ.

“އަދިވެސް އިތުރު ފިލްމު ނެރުމަށް ވަނީ ނިންމާފަ. އެކަމަކު މި ހާލަތުގެ ގޮތުން ކުޑަކޮށް މަޑުޖެހުމެއް އަންނަނީ. ރާއްޖޭގެ އޮންލައިން ޕްލެޓްފޯމުތަކަށް ވަނީ ފުރުޞަތު ހުޅުވާލާފަ. 7775677 އަށް ގުޅައިގެން ކުރިއަށް ގެންދަންވީ.’ އިއްލެ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ފިލްމަކީ ކޮވިޑު ބަލީގެ ޕެންޑަމިކްގެ މި ދުވަސްކޮޅު ސްޓާރުންނަށް ވެސް ދަތިވާތީ އެކްޓަރުންނަށް ކޮންމެވެސް އެއްޗެއް ހޯދައިދިނުމުގައި ވެދެވޭ އެހީތެރިކަމަކަށް ވެސް ވާނެ ކަމަށެވެ.

އިއްލެ ވިދާޅުވީ އިތުރު ‘ކުރު ފިލްމެއްގެ’ މަސައްކަތް ވެސް ކުރަމުން އަންނަކަމަށާއި ވަރަށް އަވަހަށް ޓީޒަރ ފެންނާނެ ކަމަށެވެ.

ފިލްމު މަޒްލޫމްގެ، ފުރަތަމަ ޓީޒަރ އިން ދައްކައިދެނީ ރޭޕްގެ ޝިކާރައަކަށް ވެފައިވާ ދެ އަންހެންްކުދިންގެ ވާހަކަތަކެއް ކިޔައިދޭ މަންޒަރުތަކެކެވެ. އަދި މި ފިލްމަކީ ގާތްގަޑަކަށް 45 މިނެޓުގެ ފިލްމެކެވެ.

‘މަޒްލޫމް’ ގެ ތަރިންގެ ތެރޭގައި ކުޅަދާނަ އެކްޓްރެސް ނުޒުހަތު ޝުޢައިބް އާއި އިފްނާޒް އަދި ’އައި ފިލްމްސް’ގެ ދެވަނަ ފިލްމު ‘ނީނާ’ ގެ ލީޑުން ފެނިގެންދާ ޝަރަފް ޢަބްދުﷲ އާއި ހުނަރުވެރި އެކްޓްރެސް ވާޝިޔާ މުޙައްމަދު (ޝިޔާ) އަދި ”އެހެނަސް“ ވެބް ސީރީޒުން ތަޢާރަފްވި އަޙްމަދު ޝާރިފް ވެސް ‘މަޒްލޫމް’ އިން ފެނިގެންދާނެ އެވެ.

މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ އާސިމް ޢަލީ އާއި އިލްޔާސް ވަހީދު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.