ދީޕިކާގެ ލޯބީގެ ސިއްރު ގުޅުންތަކެއް ހާމަވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން އާއި އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އާ ދެމެދު ލޯބީގެ ގުޅުމެއް އޮތްކަން ހާމަވެއްޖެ އެވެ.

އެގައުމުގެ ޚަބަރުފަރުތާ ވަސީލަތްތަކުން ބުނެފައިވަނީ މި ގުޅުންތައް އޮތީ ރަންބީރު ކަޕޫރާއި ގުޅުމުގެ ކުރިން ނެެވެ.

އިޝްތިހާރު Below Header ad

2007 ވަނަ އަހަރު ނުކުތް ކަންނާޑީ ފިލްމަކަށް އައިޝްވާރިޔާ ރާއީއަށް އަޑު އަޅައިދިނުމަށް ފަހު، މިހާރު ބޮލީވުޑުގެ އެންމެ އުސް ފަންތީގައި ގުނާލެވޭ އެކްޓްރެސް އެކެވެ.

ދީޕިކާ އެންމެފުރަތަމަ އެކްޓިންގ ގެ ރޯލަކުން ފެނިގެން ދިޔައީ ޝާހް ރުކް ޚާން އާއެކު ‘އޯމް ޝާންތި އޯމް” އިން ނެވެ. އަދި ޝާހު ރުކް އާއި ދީޕިކާގެ ޖޯޑު ވަރަށް ގިނަ ބަޔަކަށް ކަމުގޮސްފައިވާ އިރު، މި ފިލްމަށް އެތައް ބައެއްގެ ތަޢުރީފު ލިބިފައި ވެއެވެ.

އެއަށް ފަހު، ކޮކްޓެއިލް، ހެޕީ ނިއު ޔިއަރ، ޗާންނީ ޗޯވ ޓު ޗައިނާ ފަދަ ހިޓް ފިލްުތަކުން ދީޕިކާ ވަނީ ފެނިގެން ގޮސްފަ އެވެ. މީގެ އިތުރުން ވެސް ކާމިޔާބު އެތައް ފިލްުތަކެއް ކުޅެ، ދީޕިކާ ވަނީ ބޮލީވުޑުގެ އެންމެ އުހުގައި ފައިތިލަ ސާބިތުކޮށްފަ އެވެ.

ދީޕިކާ ކައިވެނީގެ ގޮތުން 2018 ވަނަ އަހަރު ބޮލީވުޑުގެ ދެވަނައެއް ނެތް ފަދަ އެކްޓަރ ރަންދީރު ސިންގ ކައިވެނިކޮށްފައިވާ އިރު، އެ ކައިވެނީގެ ކުރިން އެތައް ބަޔަކާއެކު ލޯބީގެ ގުޅުން ހިންގާފައިވާ ކަމަށް ޚަބަރުތައް ވަނީ ބުނެފަ އެވެ.

އޭގެތެރެއިން ދެ މީހުންނަކީ އިންޑިއާގެ ކްރިކެޓް ކުޅުންތެރިން ކަމަށް ބުނާ އިރު، 2007 ވަނަ އަހަރު އިންޑިއާ ކްރިކެޓް ޓީމުގެ ކެޕްޓަން މަހިންދުރަ ސިންގ ދޯނީ ކަމަށް ވަނީ ބުނފަ އެެވެ.

އެގޮތުން 2007 ވަނަ އަހަރު ބޭއްވި ޓީ ޓްވެންޓީ ކްރިކެޓް ވަރލްޑް ކަޕް ބެލުމަށް ދޯނީ އާއެކު ދީޕިކާ ގެންގޮސްފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. އަދި ޓީމަށް ސަޕޯޓު ކުރުމުގައި އަވަދިނެތި ދީޕިކާ އުޅެފައިވާ ކަމަށް ވެސް ބުނެ އެވެ.

އެ އަހަރުގެ މުބާރާތް އިންޑިއާ އިން ކާމިޔާބު ކޮށްފައިވާ އިރު، ‘އޯމް ސާންތި އޯމް’ ވެސް ރިލީޒް ވެފައިވަނީ އެ އަހަރު އެވެ.

yuvraj singh deepika

ދޯނީ އާއި ދީޕިކާގެ ގުޅުން މާގިނަދުވަހު ދެމެހެއްޓިފައި ނެތް އިރު، ދޯނީއަށް ފަހު ޔުވްރާޖު ސިންގ އާއެކު ވެސް ދީޕިކާ ލޯބީގެ ފަލްސަފާއެއް ބާއްވާފައިވާ ކަމަށް ބުނެ އެވެ.

އެހެންނަމަވެސް އެ ގުޅުން ވެސް ހީނަރުވީ ހީނުކުރާހާ އަވަހަށް ކަމަށް ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.