މިވަގުތަކީ އެމްޑީޕީގެ ލީޑަރުން ތެދުވެ އެއްބައިވާންވީ ވަގުތު: ރީކޯ މޫސަ

މިވަގުތަކީ އެމްޑީޕީގެ ލީޑަރުން ތެދުވެ އެއްބައިވާންވީ ވަގުތު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ އަކީވަރަށްހާލުގަ ވަރަށްދަތި އުނދަގޫތައް ގިރާކޮށް މިހިސާބަށް އައި ޕާޓީއެއް ކަމަށެވެ. އަދި އެއިން ކޮންމެފަހަރަކު ޕާޓީގެ ލީޑަރޝިޕްގެ ހަރުދަނާ ކަމުން ޑީއާރުޕީ އަށްވީހެންނުވެ އޮތީ ކަމަށެވެ.

އިޝްތިހާރު Below Header ad

އެމްޑީޕީ ހަލާކުވެތިދަނީ ޕާޓީގެ ލީޑަރޝިޕް ފެއިލްވީމަކަން ފާހަގަ ކުރައްވާ ރީކޯ މޫސަ ވަނީ އެމްޑީޕީގެ ލީޑަރޝިޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އެގޮތުން ޕާޓީގެ ޗެއަރޕަރސަން ހަސަން ލަތީފް ޒިންމާ ނުނަގާ، ވަކިފަރާތަކަށްޖެހޭތީ ޕާޓީގެ ލީޑަރާއި ރައީސް އަދި ނައިބު ރައީސްގެ ބުރަމަސައްކަތް ފުނޑިގެންދާ ކަމުގެ ތުހުމަތުތަކެއް މޫސަ ވަނީ ކުރައްވާފަ އެވެ.

އެމްޑީޕީ އުފެދުނީއްސުރެ ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި އެޕާޓީގެ އިސް މަގާމު އަދާކުރައްވާފައިވާ ރީކޯ މޫސަ މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ މަސައްކަތް ދެބައިވެފައިވާ ކަމަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެފައިވާ ވަގުތެއްގަ އެވެ.

އެކަން ވާން ޖެހުނު ސަބަބަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީ އެކަހެރިކޮށް ވެރިކަން ހިންގަން އުޅުން ކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ މަސައްކަތް ދެބައިވީ ޕާޓީން ވައުދުވި ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވުމުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫކަހަން ފެށީމަ ކަަމަށް އޭނާ ވިދާޅުވެފައިވާ އިރު، ރައީސް ނަޝީދު ވެސް ވަނީ ބަހުގެ ޙަމަލާތައް ބިގޭއަށް ދެއްވާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލަށް ރައްދުދެއެްވާ މުހައްމަދު ރައްދު ކެންސަލްކުރޭ!


ޚިޔާލުތައް:

  1. މޫސަޔަކީވެސް ނުހައްގުން މުއްސަނދިވާން ގަދައަޅާ މަސައްކަތްކުރާމީހެއް. ކޮންމެ ސަރުކާރަކުންވެސް ނުފޫޒު ބޭނުންކޮށްގެން ލިބެންއޮތްވަރަކަށް ނާޖާއިޒުފައިދާ ނަގަމުންދަނީ. އަދި އެކަންކަން އެހެރީ ބެލީމާ ފެންނަން.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.