ޔޫރޯ 2020: (ގުރޫޕް ބީ)- ފިންލެންޑް – ޑެންމާކް

މިރޭ ކުޅޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ މުބާރާތަށް މުޅިން އަލަށް ކޮލިފައިވި ފިންލެންޑް އާއި ޑެންމާކްއެވެ. މިރޭ ރާއްޖޭ ގަޑިން 9 ޖަހާއިރު ކުޅޭ މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑެންމާކްގެ ކޯޕަންހޭގަން ޕާކެެން ސްޓޭޑިއަމްގައެވެ.

މި ދެޓީމުގެ ކުޅުމުގެ ފެންވަރު ވަރަށް ތަފާތެވެ. ބައިނަލް އަޤުވާމީ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބީތަކެއް ހޯދާފައިވާ ޑެންމާކާއި ބައިނަލްއަޤުވާމީ ފުޓްބޯޯޅައަށް މުޅިން އާ ގައުމަކާއި އަޅާަ ނުކިޔޭނެއެވެ. އެހެން ނަމަވެސް ފިންލެންޑް މިފަހަރުގެ ޔޫރޯ މުބާރާތަށް ކުރިމަތިލީ ގިނަ ކަންތައް ތަކެއް ރަނގަޅުކޮށް ވަރަށް ވަރުގަދަ ކޮށެވެ. ކޮލިފައިންގައި ކުޅުނު މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ވެސް ފިންލެންޑުން ނެރުނެވެ. އެހެން ކަމުން މިރޭގެ ޑެންމާކް އަދި ފިންލެންޑް ބައްދަލުކުރާ މެޗަކީ ވަރަށް ވާދަވެރިކަން ބޮޑު މެޗަކަށް ވާނެއެވެ.

އިޝްތިހާރު Below Header ad

މިރޭ މެޗުގައި ބައްދަލުކުރާ ޑެންމާކް އަދި ފިންލެންޑް

ފިންލެންޑް

މިފަހަރުގެ މުބާރާތަކީ ފިންލެންޑްގެ ފުރަތަމަ ޔޫރޯ މުބާރާތެވެ. އަދި ބައިނަލްއަޤުވާ ފުރަތަމަ ބޮޑު މުބާރާތްވެސް މެއެވެ. މީގެ ކުރިން ބޭއްވުނު އެއްވެސް ޔޫރޯ މުބާރާތަކަށް ވެސް އަދި ވޯލްޑް ކަޕަކަށްވެސް ފިންލެންޑް ކޮލިފައިވެފައި ނުވާއިރު މިފަހަރުގެ މުބާރާތަށް އެގައުމު ކޮލިފައިވެގެން ދިއުމަކީ ލިބުނު ބޮޑު ކާމިޔާބީއެކެވެ. ފިންލެންޑްގެ ރައްޔިތުން ދަނީ މިކަމާއި ވަރަށް ބޮޑަށް އުފާފާޅު ކުރަމުންނެވެ.

މިފަހަރުގެ މުބާރާތަށް ކޮލިފައިވީ ގޮތް

މިފަހަރުގެ ޔޫރޯ މުބާރާތަށް ފިންލެންޑް ކޮލިފައިވީ އެގައުމު ހިމެނޭ ކޮލިފައިން ގުރޫޕް ޖޭގެ ދެވަނަ ހޯދައިގެންނެވެ. އިޓަލީއާއި އެއް ގުރޫޕެއްގައި ހިމެނުނު ފިންލެންޑް އެ ގުރޫޕުގެ ދެވަނަ ހޯދީ ކުޅުނު 10 މެޗުގެ ތެރެއިން 6 މެޗުން މޮޅުވެ 4 މެޗުން ބަލިވެ ޖުމްލަ 18 ޕޮއިންޓާއި އެކުގައެވެ. މި ގުރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ސައްތައިން ސައްތަ ރެކޯޑަކާއި އެކުގައި ކޮލިފައިވީ އިޓަލީއެވެ.

ޑެންމާކް

ންމާކް ފުރަތަމަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތައް ކޮލިފައިވީ 1964 ގަ އެވެ. އެ އަހަރު ސްޕެއިންގައި އޮތް ޔޫރޯ މުބާރާތުގެ ސެމީފައިނަލަށް އެގައުމު ދަތުރުކުރި އެވެ. އޭގެ ފަހުން 1984 ވަނަ އަހަރުގެ މުބާރާތުގެ ސެމީފައިނަލް ވެސް ޑެންމާކުން ކުޅުނެވެ. އޭގެ ފަހުން 1988 ވަނަ އަހަރުގެ މުބާރާތުގެ ގުރޫޕު ސްޓޭޖުން ޑެންމާކް ކެޓިނަމަވެސް ޖެހިގެން އައި 1992 ވަނަ އަހަރު ސްވިޑަންގައި ބޭއްވުނު މުބާރާތުގެ ތަށި އެގައުމުން އުފުލާލިއެވެ. މިއީ ޑެންމާކުން ޔޫރޯގައި  މިހާތަނަށް ހޯދި އެންމެ މޮޑު ކާމިޔާބީއެވެ. 1996 ވަނަ އަހަރުގެ މުބާރާތާއި 2000 ވަނަ އަހަރުގެ މުބާރާތުގެ ވުރޫޕު ސްޓޭޖުން އެޓީމު ކެޓިއިރު 2004 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރިއެވެ. އޭގެފަހުން ވާދަކުރި 2012 ވަނަ އަހަރުގެ މުބާރާތުން ވެސް ގުރޫޕު ސްޓޭޖުން ވަނީ ކަޓާފައެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ މުބާރާތައް ޑެންމާކު ކޮލިފައިވެފައެއް ނުވެއެވެ.

މިފަހަރުގެ މުބާރާތަށް ކޮލިފައިވި ގޮތް

ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި ޑެންމާކް ހިމެނުނީ ގުރޫޕް ޑީގަ އެވެ. ޑެންމާކް ޔޫރޯއަށް ކޮލިފައިވީ ކޮލިފައިންގައި ކުޅުނު 8 މެޗުގެ ތެރެއިން 4 މެޗުން މޮޅުވެ، 4 މެޗުން އެއްވަރުވެ ޖުމްލަ 16 ޕޮއިންޓާއި އެކު ކޮލިފައިން ގުރޫޕު ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ދެޓީމުގެ ތާރީޚީ ބައްދަލުކުރުންތައް

މި ދެޓީމު މީގެ ކުރިން 50 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެރޭގައި ހިމެނެނީ އެކުވެރި ކަމުގެ 48 މެޗާއި ވާދަވެރި ދެ މެޗެވެ. މީގެ ތެރެއިން 7 މެޗުން ފިންލެންޑް މޮޅުވެފައިވާއިރު، ޑެންމާކް 29 މެޗު ކާމިޔާބު ކުރިއެވެ. 14 މެޗު ވަނީ އެއްވަރުވެފައެވެ.

މި ދެޓީމުގެ ފުޓްބޯޅައިގެ ތާރީޚުގައި މިހާތަނަށް ކުޅެފައިވަނީ ވާދެވެރި ދެ މެޗެވެ. އެއީ ޔޫރޯ ކޮލިފައިންގައި 1987 ވަނަ އަހަރާއި 1986 ވަނަ އަހަރު ކުޅުނު ހޯމް އެންޑް އަވޭ ދެމެޗެވެ. މި ދެމެޗުވެސް ޑެންމާކުން ކާމިޔާބު ކުރިއިރު، މި ދެެ މެޗުވެސް އެގައުމުން ކާމިޔާބު ކޮށްފައިވަނީ 0-1 ގެ ނަތީޖާއިންނެވެ.

ޑެންމާކް އަދި ފިންލެންޑް އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2011 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވެ. މި މެޗު 1-2 އިން ކާމިޔާބު ކުރީ ޑެންމާކުންނެވެ. އޭގެ ފަހުން މި ދެޓީމު އަދި މިހާތަނަށް ބައްދަލުކޮށްފައެއް ނުވެއެވެ.

ދެޓީމުން ނެރެފައިވާ އެންމެ ފަހުގެ ނަތީޖާތަށް

ފިންލެންޑް އެންމެ ފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން 3 މެޗުން ވަނީ ބަލިވެފައެވެ. ދެމެޗުން ވަނީ އެއްވަރުވެފައެވެ.

ޑެންމާކް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން 4 މެޗުން މޮޅުވިއެވެ. އެއް މެޗުން ވަނީ އެއްވަރުވެފައެވެ.

އެހެންކަމުން މި މެޗުގެ ނަތީޖާތަކަށް ބުރަވާނަމަ މި މެޗު ކާމިޔާބު ކުރާނެ ކަމަށް ބޮޑަށް ބުރަވެވޭނީ ޑެންމާކް ކޮޅަށް ކަމަށް ގިނަ ތަޖުރިބާކާރުން ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.