ވިރާޓް އާއި އަނުޝްކާގެ ދަރިފުޅުގެ ސިފަވެސް ބުނެލަ ނުދިން!

މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޮއްލީ އާއި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ ދަރިފުޅަކީ ވަރަށް ފޮރުވައިގެން ގެންގުޅޭ ކުއްޖެކެވެ.

މިދިޔަ ޖެނުއަރީ 11 ވަނަ ދުވަހު ވިހޭ ވަމިކާ ޝަރުމާ ކޮއްލީގެ މިހާތަނަށް ފެނިފައިވަނީ ބޮލުގެ ފުއްކިބަ އެވެ. އެވެސް އަނުޝްކާ އުރާލައިގެން އިން ފޮޓޯ އެކެވެ.

އިޝްތިހާރު Below Header ad

ވިރާޓް ބުނަނީ ވަމިކާއަށް ޕްރައިވަސީ ބޭނުންވާ ކަމަށެވެ. އަދި އޭނާގެ ފޮޓޯ ސޯޝަލް މީޑިއާ އާއި އާންމުންނަށް ދައްކާލާނީ ވަކިމާއަށް އެއީ ކޮންކަމެއްކަން ވިސްނިގެން އަމިއްލައަށް އާންމުންނަށް ފެންނަން ނިންމުމުން ކަމަށެވެ.

އެއްގޮތަކަށްވެސް އެ ކުއްޖާ ހުންނަ ސިފަވެސް ނޭނގޭތީ ވިރާތްގެ ދައްތަ ބާވްނާ ކޮއްލީ ދިންގްރާ، ސޯޝަލް މީޑިއާގައި ސުވާލު ކުރަން ހުޅުވާލި ފުރުސަތެއްގައި މީހަކު ވަނީ އަނުޝްކާ ދަރިފުޅާއި ބައްދަލުވިތޯ އާއި އެ ކުއްޖާ ހުންނަނީ ކިހިނެތްތޯ ސުވާލު ކޮށްފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި ބާވްނާ ބުނީ ވަމިކާ ވަރަށް ލޯބިކަމަށާއި އޭނާ އާއި ބައްދަލުވި ކަމަށެވެ. އެކަމަކު އެ ކުއްޖާގެ ސިފައެއް ނުކިޔައިދިނެވެ. ބާވްނާ އަކީ ފެޝަން އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހެކެވެ.

އަނުޝްކާ މިވަގުތު ހުރީ ވިރާޓް ކުޅޭ ކްރިކެޓް މެޗެއް ބެލުމަށް ވަމިކާ ގޮވައިގެން އިނގިރޭސިވިލާތުގައި އެވެ. އިނގިރޭސިލާތުގައި ކުރިޔަށް ދަނީ ދުނިޔޭގެ ޓެސްޓު ޗެމްޕިއަންޝިޕް ސީރީޒް އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.