ތަފާތުބޮޑު ނަތީޖާއަކުން ޗައިނާ އިން ރާއްޖެ ބަލިކޮށްފި

އޭޝިއަން ކަޕާއި ވަރލްޑް ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި ރާއްޖެއިން ޗައިނާ ބައްދަލުކުރި މެޗު ތަފާތުބޮޑު ނަތީޖާއަކުން ޗައިނާ ކަާމިޔާބުކޮށްފި އެވެ.

މި މެޗު ޗައިނާއިން ކާމިޔާބު ކުރީ 5 ލަނޑު 0 ލަނޑުން ނެވެ.

އިޝްތިހާރު Below Header ad

މެޗުގެ ފުރަތަމަ ފަސް މިނެޓު ތެރޭގައި ޗައިނާއިން ވަނީ ލީޑު ނަގާފައިވާ އިރު، ހާފުގެ ފަހު ކޮޅުގައި ރާއްޖެއަށް ކުރިއަށް ޖެހިލާ ކުޅުން ރަނގަޅުކުރި އެވެ. ސްޕެއިންގެ ފުރަތަމަ ޑިވިޝަންގެ އެސްޕަނިއޯލްއަށް ކުޅެމުން އަންނަ ވޫލީ ގޯލަށް ބޯޅަ ފޮނުވާލީ ގޯލްކީޕަރު ފައިސަލް ކައިރިން ނައްޓާލުމަށްފަހު، ދެވަނަ ލަނޑު ޖަހާފަ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް މަޑު ކުޅުމެއް ފެނިފައިވާ އިރު، ޗައިނާގެ ހަމަލާތައްވެސް ފެނުނީ މަދުކޮށެވެ.

ނަމަވެސް މެޗުގެ 70 މިނެޓާ ގާތްވެފައި ވަނިކޮށް، ޗައިނާ އިން ފުލުފުލުގައި ދެ ގޯލު ޖަހައި ރާއްޖެ ހާސްކަމުގެ ތެރެއަށް ވައްޓާލި އެވެ. ފުރަތަމަ ގޯލު 67 ވަނަ މިނެޓުގައި އެލެން ކާވާލިއޯ ޖަހައިދިން އިރު، އޭގެ މިނެޓެއް ފަހުން ޒޭންގެ ޔުނިން ވަނީ އިތުރު ގޯލެއް ޖަހާފަ އެވެ. އެލެންއަކީ ބްރެޒިލަށް އުފަން ޗައިނާގެ ލީގުގައި ކުޅޭ ކުޅުންތެރިއެކެވެ. މި މެޗަކީ ޗައިނާ ގައުމީ ޓީމަށް އޭނާ ކުޅުނު ތިންވަނަ މެޗެވެ.

ޗައިނާ އިން މެޗުގެ ފަސްވަނަ ގޯލު 80 ވަނަ މިނެޓުގައި ޖަހައިދިނީ ޓޭން ލޯންގ އެވެ.

16 ޕޮއިންޓާއެކު ގުރޫޕުގެ ދެވަނަ ޗައިނާއަށް ލިބޭ އިރު، ސީރިއާ ދެކޮޅަށް ކުޅޭ މެޗަކީ ޗައިނާއަށް މުހިންމު މެޗެކެވެ. އެމެޗުން ޗައިނާ ސީރިއާ އަތުން ބަލިވެއްޖެ ނަމަ މިވަގުތު ތިންވަނައިގައި އޮތް ފިލިޕީންސުން ފަހު މެޗުގައި ރާއްޖެ ބަލިކޮށް ދެވަނައަށް އެރުމުގެ ފުރުސަތު އޮންނާނެ އެވެ.

އޭރުން ވަރލްޑް ކަޕް ކޮލިފިކޭޝަނަށް ޗައިނާއިން ކުރަމުން އަންނަ އުންމީދު ގެއްލުނީ އެވެ. ވަރލްޑް ކަޕް ކޮލިފިކޭޝަން ފަހުބުރަށް ދެވަނަ ޓީމުތަކުގެ ތެރެއިން ދާނީ 8 ގުރޫޕުން އެންމެ މޮޅު ހަތަރު ޓީމެކެވެ.

ރާއްޖެއިން ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ފިލިޕީންސާ ދެކޮޅަށް ނުކުންނާނީ ޖޫން 15 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.