ޕާކިސްތާނުގައި ހައިވޭއެއްގައި ބަހެއް ފުރޮޅާލައި، ގިނަ ބަޔަކު މަރުވެއްޖެ
ޕާކިސްތާނުގައި ބަހެއް ފޮރޮޅާލައި، ގިނަ ބަޔަކު މަރުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން މި ހާދިސާ ހިނގާފައިވަނީ އެގައުމުގެ ހުޅަގުދެކުނު ހައިވޭއެއްގައި ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ބަހެއް ފުރޮޅާލައިގެން ނެވެ. އަދި މި ހާދިސާގައި މިހައިތަނަށް 20 މީހުން މަރުވެ، ފަންސާހަށް ވުރެ ގިނަ މީހުންނަަށް އަނިޔާވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޕާކިސްތާންގެ ބަލިސިސްތާން ޕްރޮވިންސްގެ ޚުޒްދާރު ޑިސްޓްރިކްޓްގައި މިހާދިސާ ހިންގަން މެދުވެރިވި ސަބަބަކީ، މަގުބަރާއަކަށް ޒިޔާރަތްކުރުމަށްފަހު، މީހުން އަރުވައިގެން ދަތުރުކުރަމުންދިޔަ ބަހެއް ހައިވޭގައި ކުއްލިއަކަށް އަބުރާލުމުގެ ސަބަބުން ކަމަށް ލޯކަލް ޕޮލިސް އޮފިސަރު ހަފީޒުއްﷲ މެންގާލް އާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ.
މިފަދަ ހާދިސާތައް ހިނގުމަކީ ޕާކިސްތާނުގައި ޢާންމު ކަމެކެވެ. އެއީ ޕާކިސްތާނުގެ މަގުތަކުގެ ހާލަތު ދަށްވުމުގެ ސަބަބުންނާއި މަގުމަތީގެ ގަވާއިދުތަކަށް ސަމާލުކަމަށް ގިނަބަޔަކު ސަމާލުކަން ނުދިނުމުގެ ސަބަބުން ނެވެ.
#BreakingNews: 18 pilgrims died over two dozen injured when their bus turn turtle near #Khuzdar #Balochistan pic.twitter.com/utHmPyGVvX
— Quetta Voice (@VoiceQuetta) June 11, 2021