މަަސްޖިދުލް ނަބަވީގައި ފަތިސް ނަމާދު ކުރަން ފެށުން ލަސްކުރުމުން އެންމެ އިސް ދެ އިމާމުން ވަޒީފާއިން ކަނޑާލައިފި

ސައުދީ އަރަބިއްޔާގެ މަދީނާގައި ހުންނަ މާތް ވެގެންވާ ރަސޫލާ މިސްކިތް ނުވަތަ މަސްޖިދުލް ނަބަވީގައި އިއްެޔެ ފަތިސް ނަމާދު ކުރަން ފެށިލެއް ލަސްވެގެން ދެ އިމާމުން ވަޒީފާއިން ވަކިކޮށްފި އެވެ.

މައްކާ އާއި މަދީނާގެ މާތްވެގެންވާ ދެ މިސްކިތް ބަލަހައްޓާ އިދާރާގެ ޗީފް އޮފް ޖެނެރަލް ޕްރެސިޑެންސީ އަބްދުއް ރަހްމާން އަލް ސުދައިސް ވިދާޅުވީ ވަޒީފާއިން ވަކިކޮށްފައިވަނީ އެ މިސްކިތުގެ އިސް އިމާމާއި އޭނާގެ ނައިބު ކަމަށެވެ.

އިޝްތިހާރު Below Header ad

އެމީހުން ވަޒީފާއިން ވަކި ކުރި ސަބަބާއި ގުޅޭގޮތުން ވިދާޅުވީ އެ ދެ އިމާމުންނަށް އެމީހުންވެ ވަޒީފާ ޒިންމާދާރު ކަމާއި އެކު އަދާ ކުރެވިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ ކުރިޔަށް އޮތްތާވެސް ވަޒީފާއަށް ފަރުވާ ކުޑަކަން ފާހަގަ ކުރެވިއްޖެ ނަމަ މޫނަށް ބެލުމެއް ނެތި ވަޒީފާއިން ވަކި ކުރާނެ ކަމަށެވެ.

އެ އިދާރާ އާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އިއްޔެގެ ފަތިސް ނަމާދު ބަންގި ގޮވުމަށް ފަހު ނަމާދު ކުރަން ފަށާފައިވަނީ45 މިނެޓު ފަހުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.