ފިޝަރީޒް މިނިސްޓަރގެ މަގާމަށް ޑރ. ހުސައިން އައްޔަން ކުރުމަށް ކޮމިޓީން ރުހުން ދީފި

ފިޝަރީޒް މިނިސްޓަރގެ މަގާމަށް ޑރ. ހުސައިން ރަޝީދު ހަސަން އައްޔަން ކުރުމަށް ކޮމިޓީން ރުހުން ދީފި އެވެ.

ޑރ. ހުސެއިންއަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކުރީ މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

އިޝްތިހާރު Below Header ad

ޑރ. ހުސެއިންއަށް ރުހުންދިނުމުގެ މައްސަލައަށް ގޮތެއް ނުނިންމި، ގިނަ ދުވަސްތަކެއް ވުމަށް ފަހު، މި ނިންމުން ނިންމާފައި މިވަނި ރައީސް އޮފީހުގެ ލަފާ ވެސް ހޯދުމަށްފަހު އެވެ.

މި މައްސަލައިގައި ކޮމިޓީ މެމްބަރުން ޚިޔާލު ތަފާތުވީ، ޑރ. ހުސެއިންއަކީ ކުންފުންޏެއްގެ ޝެއަރ ހޯލްޑަރަކަށް ވުމުން، ގާނޫނު އަސާސީގެ 130 ވަނަ މާއްދާ އާއި 136 ވަނަ މާއްދާއާއި ފުށުއަރާކަމަށް ބައެއް މެމްބަރުން ދެކިވަޑައިގަތުމުން ނެވެ.

އެހެންނަމަވެސް ގާނޫނު އަސާސީގެ 130 ވަނަ މައްދާއަކީ ވަޒީރުންގެ ކިބައިގައި ހުރުން ލާޒިމް ޝަރުތުތައް ބަޔާންކުރާ މައްދާ ކަމަށްވާއިރު، މި މާއްދާ އޮތް ގޮތުން ޑރ. ހުސެއިންއަށް ރުހުން ނުދެވޭނެ ސަބަބެއް ނެތެވެ. އަދި 136 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި އޮތީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއް ސަރުކާރުގެ މަގާމެއް، ނުވަތަ މަންފާއެއް ލިބޭ އެނޫންވެސް މަގާމެއް ފުރުއްވައިގެން ނުވާނެ ކަމަށް ބަޔާންކޮށްފަ އެވެ.

އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި، ޑރ. ހުސެއިން ރަޝީދު ހަސަންއަށް ފިޝަރީޒް މިނިސްޓަރކަން ދެއްވާ، ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓެރީގެ މަގާމުގައި ހުންނެވި އައިމިނަތު ޝައުނާ އާ އެންވަޔަރަމެންޓް މިނިސްޓްރީ ހަވާލުކުރެއްވީ މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.