ދިޔާނާ ސަރުކާރަށް: މިއީ ކޮން މަދަރުސާއެއްގެ އިދާރާއެއްބާއޭ ހިތަށް އަރާ!

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގާ ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފުގެ މައްޗަށް ދައުވާކުރުމަށް ހުށަހެޅުމާއި ގުޅިގެން، އެމައްސަލައިގައި ގޮތެއް ނިންމެވުމާއި ހަމައަށް އޭނާ ސަސްޕެންޑްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ވަރުގަދަ ރައްދެއް ސަރުކާރަށް ދެއްވައިފި އެވެ.

ދިޔާނާ ސަރުކާރަށް ފާޑުވިދާޅުވެ، ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހެޔޮ ބަދަލަކަށް އެދި އެތައް ބައެއްގެ އެތައް ޤުރުބާނީއަކުން ގެނައި ސަރުކާރު ދާގޮތް ފެނުމުން ހިތަށް ކުރަނީ އަމަށަކު އަސަރެއް ނޫން ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން މިއީ ކޮން މަދަރުސާއެއްގެ އިދާރާއެއްބާއޭ ހިތަށް އަރާކަމަށް ވެސް ދިޔާނާ ވަނީ ވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތަށް، ބައެއް ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާދުކިޔަމުން ނެވެ. ޚާއްޞަކޮށް ސަރުކާރަށް ދެއަހަރާއި ބައި ވެގެންދިޔައިރުވެސް ސަރުކާރަށް ރައްޔިތުންގެ ފައިދާއަށާއި ޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރެވިފައިނުވާކަމަށް އަންނަނީ ބުނަމުން ނެވެ.

އެމްއެމްޕީއާރުސީގެ މައްސަލާގައި މީގެ ކުރިންވެސް މަޚްލޫފް މަސައްކަތްތަކުން އެކަހެރިކޮށްފައިވާއިރު، މިއީ މި މައްސަލާގައި މަޚްލޫފް އެކަހެރިކުރި ދެވަނަ ފަހަރެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.