އަޅުގަނޑަށްވެސް އަބަދު އަނގަބަންދުކޮށްގެން ނުހުރެވޭނެ: މަހްލޫފު

އަބަދު އަނގަބަންދުކޮށްގެން ނުހުރެވޭނެ ކަމަށް ޔޫތް މިނިސްޓަރގެ މަގާމުން އެކަހެރިކޮށްފައިވާ އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ “ފެށުނީއްސުރެވެސް MMPRC މައްސަލައިގަ އަޅުގަނޑާމެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް” ކަމަށެވެ. އަދި އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ” ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން މަހްލޫފު ވިދާޅުވީ ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށެވެ.

” އެމީހުންނަށް ނުވިސްނެނީ އަޅުގަނޑު މިއުޅެނީ މަގާމުގަ ބަގުޑިބައްދައިގެން ހުންނަން ނޫންކަން. ކުރިތުހުމަތުވެސް ގޯސް. ތުހުމަތު ކުރީ SEZ ބިލަށް ވޯޓު ދީގެން. ނަމަވެސް އޭރު އަޅުގަނޑަކީ PPM ގެ މަޖިލިސް މެންބަރެއް، ވޯޓު ދިނީ ތްރީލައިން ވިޕާ އެއްގޮތަށް.” މަހްލޫފު ވިދާޅުވި އެވެ.

މަހްލޫފު ވިދާޅުވީ އޭސީސީއަށް ދައުވާ ކުރުމުގެ އެއްވެސް ޤާނޫނީ ބާރެއް މިމައްސަލައިގަ ލިބިގެން ނުވާ ކަމަށެވެ. އަދި އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ޤަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް ސާފު ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.

މީގެ އިތުރުން މީގެކުރިން ދައުވާ އުފުލިއެންމެންގެ މައްސަލަތަށްވެސް ފޮނުވީ ކޮމިޝަނުންކަން މަހްލޫފު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މަހްލޫފް މިފަދައިން ޓްވީޓު ކުރައްވާފައި މިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ މައްސަލައިގާ އޭނާގެ ދަޢުވާކުރަން ފޮނުވާފައި ވަނިކޮށެވެ.

އެ މައްސަލައިގާ މިނިސްޓަރު މަހްލޫފްގެ މަައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ އިރު، އޭސީސީން ބުނެފައިވަނީ އެމް.އެމް.ޕީ.އާރު.ސީ ގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަޙުޤީޤުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ ގ.ހާފްސީ/ މާލެ، އަޙްމަދު މަޚްލޫފް އަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލައިގައި ދަޢުވާކުރުމަށްޓަކައި މިއަދު (09 ޖޫން 2021) ގައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

މެންބަރެއްގެ ގޮތުގައި މަހްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު އަހްމަދު މަހްލޫފަށް ލިބިފައިވާކަން ތަހުގީގަށް އެނގެން އޮންނަ ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމައެހެންމެ، އިސްވެ ދެންނެވުނު 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަކީ، ޑޮލަރު ގަނެވިއްކުމުގެ އަދި ސައްހަ މުއާމަލާތެއްކަން ދެއްކުމަށްޓަކައި އޭ.ސީ.ސީ އަށް ހުށަހަޅާފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމާއި، އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސް.އޯ.އެފް އާ ޙަވާލުކޮށްފައިވާނެކަމަށް، އަޙްމަދު މަޚްލޫފް އޭ.ސީ.ސީ އަށް ފޮނުވާފައިވާ ސިޓީއާއި، ދީފައިވާ ބަޔާނަކީ، ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށްޓަކައި ދީފައިވާ ބަޔާނެއްކަން ތަޙްޤީޤަށް ފާހަގަކުރެވޭކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގާ ދައުވާ ކުރަން އޭސީސީން ޕީޖީއަށް ފޮނުވުމާއެކު އޭނާ މިހާރުވަނީ މަސައްކަތުން އެކަހެރިކޮށްފަ އެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.