ޖީއެސްޓީ އާއި ގްރީން ޓެކްސް ދެއްކުމާއި ބަޔާން ހުށަހެޅުން ޖޫން 15 އަށް އިތުރުކޮށްފި

ޖީއެސްޓީ އާއި ގްރީން ޓެކްސް ބަޔާން ހުށަހެޅުމާއި ބަޔާން ހުށަހެޅުން ޖޫން 15 އަށް އިތުރުކޮށްފި އެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކްސް ބަޔާން ހުށަހެޅުމާއި އެ ބަޔާންތަކާ ގުޅޭ ފައިސާ ދެއްކުމުގެ ސުންގަޑި އިތުރުކޮށްދީފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

މިގޮތަށް ނިންމީ ކޮވިޑް 19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ރިޔާޢަތްކޮށް، އެޗްޕީއޭގެ ގައިޑުލައިނަށް އިހްތިރާމު ކުރުމުގެ ގޮތުންނާއި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށްދިނުމުގެ ގޮތުން ކަމަށް މީރާ އިން ބުނެ އެވެ.

އެ އޮތޯރިޓީން ބުނީ އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ޓެކްސް ދައްކާ ފަރާތްތަކަށް ލާޒިމުކޮށްފައިވާ ޓެކްސްތައް ފިޔަވައި، އެނޫން ޓެކްސްތަކުގެ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިތަކާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ދެއްކުމުގެ ސުންގަޑިތަކުގެ ތެރެއިން މެއި 27 ވަނަ ދުވަހާއި މީރާގެ ކައުންޓަރުތައް ހުޅުވައިގެން ޚިދުމަތްދޭން ފަށާ ދުވަހާ ދެމެދު އަންނަ ސުންގަޑިތައް ވެސް ފަސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ އޮތޯރިޓީއަށް ހުށަހަޅާ އެންމެހައި ޓެކްސް ބަޔާނާއި ދައްކާ އެންމެހައި ޓެކުހާއި އެހެނިހެން ފައިސާ އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް މީރާ އިން ބުނެ އެވެ.

ކޮވިޑް 19ގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި އޮންލަައިންކޮށް ޚިދުމަތް ހޯދުމަށް މީރާ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.