ޔޫރޯ 2020 – ޓީމް ޕްރޮފައިލް: އިޓަލީ

އިޓަލީއަކީ އިތުރު ތައާރަފަކަށް ބޭނުމެއް ނުވާނެ ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެކެވެ. ބައިނަލްއަޤުވާމީ ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އިޓަލީ އެންމެ ފުރަތަމަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެފައިވަނީ 1968 ވަނަ އަހަރުގައެވެ. އެފަހަރުގެ އެ މުބާރާތުގެ ތަށި އެގައުމުން އުފުލާލިއެވެ. މިއީ ޔޫރޯގައި އެގައުމުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.  އޭގެ ފަހުން އިޓަލީ ވާދަކޮސްފައިވަނީ 1980 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ މުބާރާތުގައެވެ. މި މުބާރާތުފެ ސެމީއަށް އެގައުމު ދަތުރުކުރިއެވެ. އޭގެ ފަހުން 1988 ވަނަ އަހަރު ޖަރުމަންގައި ބޭއްވުނު މުބާރާތުގެ ސޭމީފައިނަލަށް އިޓަލީ ދަތުރުކުރިއެވެ. ޔޫރޯ އަށް ގަވައިދުން އިޓަލީ ކޮލިފައިވާން ފެށީ 1996 ވަނަ އަހަރުގެ މުބާރާތުން ފެށިގެންނެވެ. އޭގެ ފަހުން ބޭއްވުނު ހުރިހާ މުބާރާތެއްގައިވެސް އިޓަލީ ވާދަކޮސްފައިވާއިރު، އެގައުމުން ވަނީ 2000 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ކުޅެފައެވެ. އެންމެ ފަހުން 2016 ވަނަ އަހަރުގެ މުބާރާތުން އިޓަލީ ކެޓީ ކުއާޓާ ފައިނަލާއި ހަމައިންނެވެ.

ކޮލިފައިވީ ގޮތް

އިޝްތިހާރު Below Header ad

ޔޫރޯ ކޮލިފައިންގެ ގުރޫޕް ޖީގައި ކުޅުނު ހުރިހާ މެޗެއް އިޓަލީން ކާމިޔާބު ކުރި އެވެ. އެގައުމު މިފަހަރުގެ ޔޫރޯއަށް ކޮލިފައިވީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ސައްތައިން ސައްތަ ރެކޯޑަކާއި އެކުގައެވެ. ކޮލިފައިންގެ ގުރޫޕްގެ އެއް ވަނަ އިޓަލީން ހޯދީ 12 ޕޮއިންޓްގެ ބޮޑު ތަފާތަކާ އެކު އެވެ. އިޓަލީން 30 ޕޮއިންޓް ހޯދިއިރު ގުރޫޕްގެ ދެ ވަނަ ހޯދި ފިންލެންޑް އަށް ލިބުނީ 18 ޕޮއިންޓެވެ.

ކީޕްލޭޔަރ

NicoloBarellaXpCal6jUaWGm

އުމުރުން އެންމެ 24 އަހަރުގެ ނިކޯލޯ ބަރެއްލާ އަކީ މިވަގުތު އިޓަލީގެ ސްކޮޑްގައި ހިމެނޭ އެންމެ ތަފާތު ކުޅުންތެރިޔާއެވެ. އިދިކޮޅު ޓީމުތަކުގެ ޑިފެންސްލައިނަށް ހުރި ނުރައްކަލެއްގެ ގޮތުގައި ފާހަގަވެފައިވާ ބަރެއްލާ އަކީ ދުވެލި ބާރު މޮޅު މިޑްފީލްޑް ކުޅުންތެރިއެކެވެ. ނިމިގެން ދިޔަ ސީޒަނުގައި އިޓަލީގެ އިންޓަމިލާނުގައި މޮޅުކުޅުމެއް ދައްކާ އެ ކުލަަބަށް އިޓާޅިއަން ލީގު ނަގައި ދިނުމުގައި މުހިންމު ދައުރެއް އޭނާ އަދާކުރިއެވެ. އެގޮތުން އިންޓަމީލާން އަށް މިދިޔަ ސީޒަނުގައި 46 މެޗު ކުޅެދީ 3 ގޯލުވެސް ޖަހާދީފައިވެއެވެ. ބަރެއްލާ އިޓަލީގެ ގައުމީޓީމަށް ކުޅެން ފެށީ 2018 ވަނަ އަހަރުގައެވެ. އޭގެ ފަހުން ބަރެއްލާ އިޓަލީގެ ގައުމީޓީމަށް ކުޅެދިން 23 މެޗުގައި 5 ލަނޑު ޖަހާދީފައިވެއެވެ.

ކޯޗު

roberto mancini 1

ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކޯޗެއްގެ ހައިސިޔަތުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އިޓަލީއަށް ނިސްބަތްވާ މިހާރު އުމުރުން 56 އަހަރުގެ ރޮބާޓޯ މަންޗީނީ އިޓާލީގެ ގައުމީ ޓީމު ހަވާލު ވީ 2018 ގެ ވޯލްޑްކަޕަށް ފަހުގައެވެ. އިޓަލީގެ ކޯޗުކަން މަންޗީނީއަށް ހަވާލުކުރީ 2019 ވަނަ އަހަރުގައެވެ. މިފަހަރުގެ ޔޫރޯ މުބާރާތަކީ މަންޗީނީގެ އެންމެ ފުރަތަމަ ބޮޑު މުބާރާތެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މިފަހަރުގެ ޔޫރޯގައި އިޓަލީ ލައްވާލީ ގުރޫޕު އޭގައެވެ. ނިސްބަތުން ވަރުގަދަ ޓީމުތަކެއް ހިމެނޭ ގުރޫޕް އޭގައި އިޓަލީ ލައްވާލިއިރު، އިޓަލީގެ އިތުރުން މި ގުރޫޕުގައި ދެން ހިމެނެނީ ތުރުކީ، ވޭލްސް، ސްވިޒްލެންޑްއެވެ. އެހެން ނަމަވެސް މި ގުރޫޕުގެ ފޭވަރިޓަކީ އިޓަލީއެވެ. އިޓަލީއަށް މި ގުރޫޕް އުނދަގުވާނެ ކަމަށް ނުބެލެވެއެވެ. ނަމަވެސް ދެން އޮތް މި ގުރޫޕުގައި އޮތް ޓީމުތަކަކަކީވެސް ވަކި ދޫކުރާނެ ޓީމުތަކެއް ނޫނެވެ. ތަޖުރިބާކާރުން ބުނާގޮތުގައި މި ގުރޫޕުގެ އެއްވަޓީމުގެ ގޮތުގައި އިޓަލީ ދެވަނަ ބުރައް ދަތުރުކުރާނެއެވެ.

ގުރޫޕް ސްޓޭޖުގައި ކުޅޭ މެޗުތައް

11 ޖޫން – އިޓަލީ – ތުރުކީ

16 ޖޫން – އިޓަލީ – ސްވިޒްލެންޑް

20 ޖޫން – އިޓަލީ – ވޭލްސް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.