ޔޫރޯ 2020 ޓީމް ޕްރޮފައިލް- ފިންލެންޑް

މިފަހަރުގެ މުބާރާތަކީ ފިންލެންޑްގެ ފުރަތަމަ ޔޫރޯ މުބާރާތެވެ. އަދި ބައިނަލްއަޤުވާ ފުރަތަމަ ބޮޑު މުބާރާތްވެސް މެއެވެ. މީގެ ކުރިން ބޭއްވުނު އެއްވެސް ޔޫރޯ މުބާރާތަކަށް ވެސް އަދި ވޯލްޑް ކަޕަކަށްވެސް ފިންލެންޑް ކޮލިފައިވެފައި ނުވާއިރު މިފަހަރުގެ މުބާރާތަށް އެގައުމު ކޮލިފައިވެގެން ދިއުމަކީ ލިބުނު ބޮޑު ކާމިޔާބީއެކެވެ. ފިންލެންޑްގެ ރައްޔިތުން ދަނީ މިކަމާއި ވަރަށް ބޮޑަށް އުފާފާޅު ކުރަމުންނެވެ.

ކޮލިފައިވީ ގޮތް

އިޝްތިހާރު Below Header ad

މިފަހަރުގެ ޔޫރޯ މުބާރާތަށް ފިންލެންޑް ކޮލިފައިވީ އެގައުމު ހިމެނޭ ކޮލިފައިން ގުރޫޕް ޖޭގެ ދެވަނަ ހޯދައިގެންނެވެ. އިޓަލީއާއި އެއް ގުރޫޕެއްގައި ހިމެނުނު ފިންލެންޑް އެ ގުރޫޕުގެ ދެވަނަ ހޯދީ ކުޅުނު 10 މެޗުގެ ތެރެއިން 6 މެޗުން މޮޅުވެ 4 މެޗުން ބަލިވެ ޖުމްލަ 18 ޕޮއިންޓާއި އެކުގައެވެ. މި ގުރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ސައްތައިން ސައްތަ ރެކޯޑަކާއި އެކުގައި ކޮލިފައިވީ އިޓަލީއެވެ.

ކޯޗު

Kanerva Singles Out Four Leaders of Ukraine1

ފިންލެންޑްގެ ކޯޗަކީ ފިންލެންޑް އަށް އުފަން އުމުރުން 57 އަހަރުގެ މާކޫ ކަނޭވާއެވެ. ފިންލްނެޑްގެ 21 އަހަރުން ދަށުގެ ގައުމީޓީމަށްވެސް ކޯޗު ކޮށްދީފައިވާ ކަނޭވާ ފިންލެންޑްގެ ސީނިއަރ ގައުމީޓީމުގެ ކޯޗުކަމާއި ހަވާލުވީ 2016 ވަނަ އަހަރުގައެވެ. ކަނޭވާގެ ކޯޗުކަމުގެ ދަށުން ފިލްންޑަށް މިހާތަނަށް މާ ރަނގަޅު ކާމިޔާބީތަކެއް ހޯދައިދެވިފައި ނުވިނަމަވެސް ކަނޭވާ ވެގެން ގޮސްފައިވަނީ ފިންލެންޑްގެ ތާރީޚުގައި އެންމެ ކާމިޔާބު ކޯޗަށެވެ. މިހާތަނަށް ބައިނަލްއަޤުވާމީ ބޮޑު މުބާރާތެއްގައި ވާދަކޮށްލަން ފުރުސަތު ލިބިފައިނުވާ ފިންލެންޑް އަށް ކަނޭވާގެ ކޯޗުކަމުގެ ދަށުން މިފަހަރުގެ ޔޫރޯ މުބާރާތަށް ފިންލެންޑް ކޮލިފައިވުން ވެގެން ގޮސްފައިވަނީ އޭނާއަށް އެގައުމުގެ ރައްޔިތުންގެ ތައުރީފު އޮހިގެން ދިޔަކަކަށެވެ.

ކީޕްލޭޔަރ

d60b97440c5a4d14967146dafa68199f

ޓީމޫ ޕަކީ: ޓީމޫ ޕަކީ އަކީ މިފަހަރުގެ ޔޫރޯގައި ފިންލެންޑްގެ ޓީމުގައި ހިމެނޭ އެންމެ މުހިންމު ކުޅުންތެރިއާއެވެ. އެންމެ އިތުބާރު ގޯލާ ރައްޓިހި އިދިކޮޅު ޓީމުތަކުގެ ޑިފެންޑަރުން ޖެހިލުންވާ ފަދަ ނުރައްކާތެރި ފޯވާޑެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ނޯވިޗް ސިޓީއަށް ކުޅެމުން އަންނަ އުމުރުން 31 އަހަރުގެ ފޯވާޑު ވަނީ ނިމިގެން ދިޔަ ސީޒަނުގައި ނޯވިޗް ސިޓީއަށް ކުޅެދިން 41 މެޗުގައި 26 ގޯލު ޖަހައިދީފައެވެ. ޕުކީ ފިންލެންޑްގެ ގައުމީޓީމަށް ކުޅެން ފެށީ 2009 ވަނަ އަހަރުގައެވެ. މިހާތަނަށް ގައުމީތީމަށް ކުޅެދިން 91 މެޗުގައި 30 ލަނޑު ޖަހައިދީފައިވެއެވެ. މިފަހަރުގެ ޔޫރޯ މުބާރާތަށް ފިންލެންޑް ކޮލިފައި ވުމުގައި އޭނާގެ ދައުރު ބޮޑެވެ. އެގޮތުން ޕަކީ ވަނީ ކޮލިފައިންގައި ފިންލެންޑްއަށް މުހިންމު ގޯލުތަކެއްވެސް ޖަހައިދީފައެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މިފަހަރުގެ ޔޫރޯގައި ފިންލެންޑް ހިމެނެނީ ގުރޫޕް ބީގައެވެ. ފިންލެންޑްގެ އިތުރުން މި ގުރޫޕުގައި ދެން ހިމެނެނީ ބެލްޖިއަމް، ރަޝިއާ  އަދި ޑެންމާކްއެވެ. ކުޅުންތެރިންގެ ތަޖުރިބާއާއި ހުނަރަށް ބަލާއިރު މިއީ ފިންލެންޑަށް ކާމިޔާބު ހޯދަން އުނގަދޫ ގުރޫޕަކަށް ވާނެއެވެ. ފެންވަރުގެ ގޮތުންނާއި ކާމިޔާބުގެ ގޮތުން ދެން މި ގުރޫޕުގައި އޮތީ ހައްތާވެސް ވަރުގަދަ ޓީމުތަކެވެ. އެހެން ކަމުން ގުރޫޕް ސްޓޭޖު ފަހައަޅާ ދިއުމަކީ ފިންލެންޑަށް އުނދަގޫ ކަމަކަށް ވާނެއެވެ.

ގުރޫޕް ސްޓޭޖުގައި ކުޅޭ މެޗުތައް

12 ޖޫން – ފިންލެންޑް – ޑެންމާކް

16 ޖޫން – ފިންލެންޑް – ރަޝިއާ

22 ޖޫން – ފިންލެންޑް – ބެލްޖިއަމް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.