އެޓޯލް ނިއުސްއިން ޔޫރޯއާއި ދިމާކޮށް “ކުއިޒް” މުބާރާތެއް ބާއްވަނީ
މިމަހުގެ 11 ދުވަހު ފަށާ ޔޫރަޕްގެ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު ފުޓްބޯޅަ ޢީދު ކަމުގައިވާ “ޔޫރޯ 2020” އަށް ޚާއްސަކޮށް ގެން ކުއިޒް މުުބާރާތެއް ފެށުމަށް އެޓޯލް ނިއުސް އިން ނިންމައިފިއެވެ.
“އެޓޯލް ނިއުސް ޔޫރޯ ކުއިޒް 2020 ” ގެ ނަމުގައި ކުރިޔަށް ގެންދަން ނިންމާފައިވާ މި މުބާރާތަކީ އާންމުންގެ މެދުގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފޯރި އިތުރުކުރުމުގެ ގޮތުން އެޓޯލް ނިއުސްއިން ކުރިޔަށް ގެންދާ މުބާރާތެއް ކަމަށް އެ ފަރާތުން ބުނެއެވެ.
ނަތީޖާ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުުސަތު އެޓޯލް ނިއުސް އިން ހުޅުވާލަން ނިންމާފައިވާއިރު، މި ކުއިޒް މުބާރާތް ކުރިޔައްދާނީ މިމަހުގެ 11 އިން އަންނަ ޖުލައިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަގުހުރި އިނާމްތަކެއް ވެސް ކަނޑައެޅިފައިވާ މި ކުއިޒް މުބާރާތުގައި ހިމެނޭނީ ޔޫރޯ މުބާރާތާއި ގުޅުން ހުރި ސުވާލުތަކެވެ. އެގޮތުން ޖޫން 11 އިން ފެށިގެން ކޮންމެ ދުވަހަކުވެސް ދެ ސުވާލެއް އާންމުންނަށް ޖަވާބު ދިނުމަށް އެޓޯލް ނިއުސް ގެ ވެބްސައިޓު މެދުވެރިކޮށް ހުޅުވާލެވޭނެއެވެ. އެގޮތުން ސުވާލުތައް ހުޅުވާލާނީ ކޮންމެ ދުވަހަކުވެސް ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.
އެޓޯލް ނިއުސްއިން މައުލޫމާތު ދޭގޮތުގައި މިއީ އެޓޯލް ނިއުސްގެ ކިޔުންތެރިންނަށް ކޮވިޑް-19 ގެ މި ހާލަތުގައި ދޭ ކުޑަ ހަދިޔާއެކެވެ.
“ޔޫރޯ މުބާރާތާއެކު އަޅުގަނޑުމެން ކޮންމެ ދުވަކުވެސް ކުއިޒްގެ ސުވާލުތައް ގޫގްލް ފޯމެއް މެދުވެރިކޮށްް އެޓޯލް ނިއުސް ގެ ސައިޓުގަ ޢާންމުކުރާނަން. އެ ފޯމު މެދުވެރިކޮށް ނަތީޖާ ދިމާކުރަން ހުށަހެޅޭނީ. އެގޮތުން ކޮންމެ ސުވާލަކަށްވެސް ޖަވާބު ފޮނުވުމަށް ކަނދައެޅިފައިވާ ވަގުތުގެ ކުރިން ޖަވާބުތައް ސަބްމިޓް ކުރަންޖެހޭނެ.” އެޓޯލް ނިއުސްއިން ބުންޏެވެ.
މީގެ އިތުރުން އެޓޯލް އިން ވިދާޅުވީ ރަނގަޅު ޖަވާބު ދިމާކުރާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފުތާއަކު ވެސް އެއްފަހަރު ގުރުއަތުލުމެއް ބޭއްވޭނެ ކަމަށާއި ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގު ހުރު އިނާމެއް ލިބިގެން ދާނެ ކަމަށެވެ. އަދި ކޮންމެ ހަފްތާއަކު އެއްފަހަރު އޮންނަ މި ގުރުއަތު ނެގުން އެޓޯލް ނިއުސް ގެ އެފްބީ ޕޭޖުން ލައިވް ކުރާނެ ކަމަށްވެސް އެ ފަރާތުން ބުނެއެވެ.
އެޓޯލް އިން އިތުރަށް ވިދާޅުވީ ޔޫރޯ މުބާރާތައް ފަހު މުޅި މުބާރާތުގެ އެއްވަނަ ހޮވަންވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން ޖޫން 11 އިން ޖުލައި 11 އާއި ހަމައަށް އެންމެ ގިނަ ސުވާލު ޖަވާބު ދިމާކުރާ ފަރާތްތަކުގެ މެދުގައި ވެސް ގުރުއަތު ނަގާ އެ ގުރުއަތުން ހޮވޭ ފަރާތަކަށް ވެސް އަގުހުރި އިނާމެއް ދޭ ގޮތައް ހަމަޖެހިފައިވާ ކަމަށެވެ.
މި މަހު 11 ގައި ފެށުމަށް ތާވަލުކޮށްފައިވާ ޔުޜޯ ފުޓްބޯޅަ މުބާރާތަކީ ދިވެހިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލްކަމެއް ލިބިފައިވާ ފޯރިގަދަ މުބާރާތެކެވެ. ޔޫރަޕްގެ މަޝްޙޫރު ކުޅުންތެރިންނާއި އަލަށް އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ފެނިގެންދާ ފޯރިގަދަ މުބާރާތަކަށް ޔޫރޯ މުބާރާތް ވެގެންދާނެއެވެ.