އިންޑިއާގަ ކޯވިޑް ޖެހިގެން ސިންގާއެއް މަރުވުމުން އިތުރު ޖަނަވާރުތައް ކޯވިޑް-19 އަށް ޓެސްޓު ކުރަން ފަށައިފި
އިންޑިއާގެ ޓަމިލް ނާޑޫގެ ވެރިރަށް ޗެންނާއީގެ ޒޫއެއްގައި ބަލަހައްޓަމުން ދިޔަ ސިންގާއެއް ސާސް ކޯވިޑް-2 އަށް ޕޮސިޓިވްވުމުން އެހެން ޒޫތަކުގެ ޖަނަވާރުން ކޯވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ޗެންނާއީގެ އަރިގްނާރް އަންނާ ޒޫލޮޖިކަލް ޕާކުގައި ބަލަހައްޓަމުންދާ ޖަނަވާރުންތަކުގެ ތެރެއިން އަދި ބަލި ފެނިފައިވަނީ ސިންގާތަކެއްގެ ގައިންނެވެ. ފުރަތަމަ ބައްޔަށް ޕޮސިޓިވްވެގެން މަރުވެފައިވަނީ އުމުރުން ނުވަ އަހަރުގެ ސިންގާއެކެވެ.
މި ކޭސްތަކާއި ގުޅިގެން ޓަމިލް ނާޑޫ ސަރުކާރުން ވަނީ އެ ސްޓޭޓްގެ އިތުރު ޒޫތަކުގެ ޖަނާރުންގެ ސާމްޕަލް ނަގައި ކޯވިޑަށް ޓެސްޓު ކުރަން ނިންމާފައި އެވެ. އެގޮތުން ކޮއިންބަތޫރު ސިޓީ އާއި ނިލްގިރިސް ޑިސްޓްރިކްޓުގެ ދެ ޒޫއަކުން ސާމްޕަލް ނަގާފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ދެ ޒޫއިން ކޯވިޑް-19 އަށް ޓެސްޓު ކޮށްފައިވަނީ 56 އެތެވެ. އެ ސާމްމަލްތައް ޓެސްޓު ކުރުމަށް ފޮނުވުމަށް ހަމަޖެހިފައިވަނީ އުއްތަރް ޕްރަދޭޝްގެ އިއްޒަތް ނަރަގުގެ ވެޓެރިނަރީ ރިސާޗް އިންސްޓިޓިއުޓަށެވެ.
India ge Zoo eggai janavaarunge medhugai SARS CoV-2 fethureny https://t.co/LSdliraCxJ
— Atoll News (@atoll_news) June 4, 2021
މިދިޔަ މަހު ކުރީކޮޅު އިންޑިއާގެ ހައިދަރްއާބާދުގެ ޒޫއެއްގައި ބަލަހައްޓަމުން ދިޔަ ސިންގާތަކަކަށް މި ބަލި ޖެހިފައިވެ އެވެ. ޗެންނާއީގެ ޒޫއިން މަރުވި ސިންގާ އާއި އެކު އެއްތަނެއްގައި އުޅުނު އިތުރު ނުވަ ސިންގާއެއްގެ ފަރާތުން ބަލީގެ އަލާމާތް ފެންނަ ކަމަށްވެ އެވެ.
ސާސް ކޯވިޑް-2 އަކީ މިހާރު ފެތުރެމުންދާ ކޯވިޑް-19 ހެން ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ.
އަވަހަށް ހުރިހާ ޖަނަވާރުތައް މާސްކް އަޅުވާ އަނެއްކާ އަނެއް ހަކަންތައް