އިންޑިއާގަ ކޯވިޑް ޖެހިގެން ސިންގާއެއް މަރުވުމުން އިތުރު ޖަނަވާރުތައް ކޯވިޑް-19 އަށް ޓެސްޓު ކުރަން ފަށައިފި

އިންޑިއާގެ ޓަމިލް ނާޑޫގެ ވެރިރަށް ޗެންނާއީގެ ޒޫއެއްގައި ބަލަހައްޓަމުން ދިޔަ ސިންގާއެއް ސާސް ކޯވިޑް-2 އަށް ޕޮސިޓިވްވުމުން އެހެން ޒޫތަކުގެ ޖަނަވާރުން ކޯވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޗެންނާއީގެ އަރިގްނާރް އަންނާ ޒޫލޮޖިކަލް ޕާކުގައި ބަލަހައްޓަމުންދާ ޖަނަވާރުންތަކުގެ ތެރެއިން އަދި ބަލި ފެނިފައިވަނީ ސިންގާތަކެއްގެ ގައިންނެވެ. ފުރަތަމަ ބައްޔަށް ޕޮސިޓިވްވެގެން މަރުވެފައިވަނީ އުމުރުން ނުވަ އަހަރުގެ ސިންގާއެކެވެ.

އިޝްތިހާރު Below Header ad

މި ކޭސްތަކާއި ގުޅިގެން ޓަމިލް ނާޑޫ ސަރުކާރުން ވަނީ އެ ސްޓޭޓްގެ އިތުރު ޒޫތަކުގެ ޖަނާރުންގެ ސާމްޕަލް ނަގައި ކޯވިޑަށް ޓެސްޓު ކުރަން ނިންމާފައި އެވެ. އެގޮތުން ކޮއިންބަތޫރު ސިޓީ އާއި ނިލްގިރިސް ޑިސްޓްރިކްޓުގެ ދެ ޒޫއަކުން ސާމްޕަލް ނަގާފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ދެ ޒޫއިން ކޯވިޑް-19 އަށް ޓެސްޓު ކޮށްފައިވަނީ 56 އެތެވެ. އެ ސާމްމަލްތައް ޓެސްޓު ކުރުމަށް ފޮނުވުމަށް ހަމަޖެހިފައިވަނީ އުއްތަރް ޕްރަދޭޝްގެ އިއްޒަތް ނަރަގުގެ ވެޓެރިނަރީ ރިސާޗް އިންސްޓިޓިއުޓަށެވެ.

މިދިޔަ މަހު ކުރީކޮޅު އިންޑިއާގެ ހައިދަރްއާބާދުގެ ޒޫއެއްގައި ބަލަހައްޓަމުން ދިޔަ ސިންގާތަކަކަށް މި ބަލި ޖެހިފައިވެ އެވެ. ޗެންނާއީގެ ޒޫއިން މަރުވި ސިންގާ އާއި އެކު އެއްތަނެއްގައި އުޅުނު އިތުރު ނުވަ ސިންގާއެއްގެ ފަރާތުން ބަލީގެ އަލާމާތް ފެންނަ ކަމަށްވެ އެވެ.

ސާސް ކޯވިޑް-2 އަކީ މިހާރު ފެތުރެމުންދާ ކޯވިޑް-19 ހެން ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލަށް ރައްދުދެއެްވާ އައިޝާ ރައްދު ކެންސަލްކުރޭ!


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.