ޢަލީ ވަހީދު ބޭނުންވި ގޮތަށް އޮންލައިންކޮށް ޝަރީޢަތް ގެންދަން ޕީޖީ ބޭނުމެއް ނުވި
ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ބޭނުންވި ގޮތަށް އޭނާގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ބޭނުމެއް ނުވި އެވެ.
ޕީޖީ އޮފީހާއި ހަވާލާދީ ރާއްޖޭގެ އޮޮންލައިން ނޫސްތަކުގައި ބުނެފައިވަނީ އަލީ ވަހީދު އެދުނުގޮތަށް ވީޑިއޯ ކޮންފަރަންސްކޮށް ޝަރީއަތް ބޭއްވޭނެ ކަމަށް އެ އޮފީހުން ނުދެކޭ ކަމަށެވެ. އެގޮތަށް ދެކެނީ އަލީ ވަހީދު މިވަގުތު ހުންނެވީ ރާއްޖޭގެ ގާނުނު ހިނގާ ހިސާބެއްގައި ކަމަށް ނުވުމުން ކަމަށް ވެސް ބުނެފައި ވެއެވެ.
ރާއްޖެއިން ބޭރުގައި މިވަގުތު ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އޭނާގެ ޝަރީއަތް އޮންލައިންކޮށް ބާއްވައި ދިނުމަށް އެދިފަ އެވެ.
މާދަމާ ކުރިއަށް ގެންދަން ނިންމާފައިވާ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ ގާޒީން އަދި ވަކިގޮތެއް ނުނިންމަ އެވެ.
އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ތެރޭގައި ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެ އެވެ.
އޭނާ ރާއްޖެ ދޫކުރައްވައި ފުރާވަޑައިގަތީ، ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރު ބާތިލް ކުރުމުން ނެވެ. އެގޮތަށް އެ އަމުރު ބާތިލް ކުރީ އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ވެސް ކޯޓަށް ހުށަހަޅައިގެން ނެވެ.
ހަތަރު މަސް ދުވަހަށް އޮތް އެ އެއްބަސްވުން ހަމަވަނީ މިއަދު އެވެ.
މިގައުމުގައި ރައްޔިތުންގެ ކުރިމަތީ އެކަމަކު ރައްޔިތުންނަށް ހަގީގަތް ފޮރުވައިން ކުރާ އެންމެ ބޮޑު އަނިޔާވެރި ފްރޭމް ކުރުން. ވަރަށް ވާހަކަ.
Online koh karaa felhun ves..